ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާމް ދީނަކީ ޓެރަރިޒަމް އާއި ހައްދުފަހަނަ އަޅައި ދިއުމަށް ނޫނެކޭ ބުނާ ދީން: އެމްއާރުއެމް

އެމްއާރުއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް.... ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމް ދީނަކީ ޓެރަރިޒަމް އާއި ހައްދުފަހަނަ އަޅައި ދިއުމަށް ނޫނެކޭ ބުނާ ދީން ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފިއެވެ.

އެމްއާރްއެމް އިން މިހެން ބުނީ ހިޖްރައިން 1443 ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި ނެރުނު ބަޔާނެއްގައެވެ.

އެގޮތުން އެ ބަޔާނުގައި ވަނީ އިސްލާމްދީނަކީ އެކުވެރިކަމަށާއި އިންސާނީ ކަރާމާތަށް ގޮވާލާ ދީނަކަށް ވުމާއެކު، އެހެން މީހުންގެ ޙައްޤުތަކަށް ރައްކާތެރިވުމަށާއި، އެ ކަންކަމަށް އިޙްތިރާމްކުރުމުގެ ޢަޒުމް ވަރުގަދަ ކުރުމަކީ ކޮންމެ މުސްލިމަކުވެސް ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.

އެގޮތުން، ކީރިތި ރަސޫލާ مُحَمَّد رسول اللّه صلّى الله عليه وسلّم، މައްކާ ދޫކުރައްވައި މަދީނާއަށް ކުރެއްވި ހިޖުރައިގެ މަތިވެރި ޙާދިޘާއިން ޢިބްރަތް ލިބިގަނެ، އިސްލާމީ އުޚުއްވަތްތެރި ކަމުގެ ރިވެތި ނަމޫނާ ދެއްކުމަކީ އަޅުގަނޑުމެން ކޮންމެ މުސްލިމަކުވެސް ކުރަން ޖެހޭނެކަމަށް ބަޔާނުގައި ވެއެވެ.

“ހަމައެހެންމެ، ހިޖުރީ އާ އަހަރަކާ ކުރިމަތިލާއިރު، އަޅުގަނޑުމެން ޢަޒުމް ކަނޑައަޅަންވީ، އިސްލާމީ އުންމަތަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާއި ނުރައްކާތަކުން ސަލާމަތްވާނެ ގޮތްތައް ހޯދައި ފިޔަވަޅުތައް އެޅުމެވެ. އެގޮތުން، އިސްލާމް ދީނަކީ ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިޔުމާއި މިފަދަ އަނިޔާވެރި އެންމެހައި ކަންތައްތަކަށް ނޫނެކޭ ބުނާ ދީންކަމާއި، އަޅުގަނޑުމެން ދުނިޔެ އަށް ދައްކައިދޭން ޖެހެނީ އިސްލާމް ދީނަކީ ރަހުމާއި އޯގާވެރިކަމުގެ ދީންކަމާއި، އަދި ހިދާޔަތާއި ތެދުމަގުގެ ދީންކަމެވެ.” ބަޔާނުގައި ވެއެވެ.

ބަޔާނުގައި ބުނީ ހިޖުރީ އާ އަހަރާ އަޅުގަނޑުމެން ބައްދަލު ކުރާއިރު، ކޯވިޑް-19 ވަނީ މުޅި ދުނިޔޭގައި ފެތުރިފައި ކަމަށާއި އަޅުގަނޑުމެންގެ ދިވެހިރާއްޖެ ވެސް މިވަނީ މި ވަބާ ތަޙަންމުލް ކުރަން ޖެހިފައި ކަމަށެވެ.

އަޅުގަނޑުމެންގެ ދުޢާ އަކީ، މާތްﷲ ގެ ރަޙްމަތްފުޅުން ކޯވިޑްގެ މިނުރައްކާ ބަލިން ދިވެހި އުންމަތާއި އިންސާނިއްޔަތު ސަލާމަތް ކުރެއްވުމެވެ. އަދި މި ފެށުނު 1443 ވަނަ އަހަރަކީ، ދިވެހިރާއްޖެއަށާއި، ދިވެހިރާއްޖޭގެ ލޮބުވެތި އަޚުންނަށާއި އުޚްތުންނަށް، ބާއްޖަވެރި އުފާވެރި އަހަރެއް ކަމުގައި ލައްވައި، އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ސާބިތުކަމާއެކު ދެމިތިބުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުމެވެ. އަދި އަޅުގަނޑުމެންގެ މެދުގައި އެއްބަނޑުއެއްބަފާ ކަމާއި އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމެވެ.” ބަޔާނުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: