ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ ވަހީދު 2 މަހާއި 12 ދުވަހަށް ޖަލަށްލާން ހުކުމް ކޮށްފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު 2 މަހާއި 12 ދުވަހަށް ޖަލަށްލާން ހުކުމް ކޮށްފި އެވެ.

އަލީ ވަހީދުގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައިވަނީ މިއަދު ސުޕްރީމް ކޯޓުންނެވެ. އެގޮތަށް ހުކުމް ކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ހުރުމަތް އަލީ ވަހީދު ކެނޑިކަމަށް ބުނެއެވެ.

އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ނުބޭއްވޭނެ ކަމަށް ކަނޑައަޅައިދިނުމަށް ދައުލަތުން ހުށަހަޅާފައިވާ މައްސަލައިގެ ސުޕްރީމް ކޯޓުގައި މިއަދު ވަނީ އަޑުއެހުމެއް ބާއްވާފައެވެ. ނަމަވެސް އަލީ ވަހީދު މިއަދު ވެސް ޝަރީއަތަށް ހާޒިރެއްނުވެއެވެ.

ސުޕްރީމް ކޯޓަށް މިއަދު 13:00 ޖަހާއިރަށް ހާޒިރުވުމަށް އަލީ ވަހީދަށް އަންގާފައިވާއިރު މިއަދުގެ އަޑުއެހުމަށްވެސް އަލީ ވަހީދު ހާޒިރުނުވުމުގެ ސަބަބުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ ދެ މަސް ދުވަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.

މީގެ ކުރިންވެސް އަލީ ވަހީދުގެ މައްސަލައިގައި ދައުލަތުން މައްސަލަތަކެއް ހައިކޯޓާއި ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިކަން ފާހަގަކޮށް އެ މައްސަލަތައް ކުރިއަށް ނުގެންދެވުނީ އަލީ ވަހީދު އުޅޭތަނެއް ނޭނގޭތީކަން ފަނޑިޔާރު ހުސްނުއްސުއޫދު ފާހަގަކުރެއްވިއެވެ. އަދި މިހާރު ސުޕްރީމް ކޯޓުގައި އޮތް އިސްތިއުނާފު މައްސަލައަށްވެސް ހާޒިރުވުމަށް ފޮނުވާފައިވާ އަމުރަށް އަލީ ވަހީދު ހާޒިރުވެފައިނުވާތީ އެ މައްސަލަވެސް ކުރިއަށްގެންދިއުމަށް ހުރަސް އެޅިފައިވާކަމަށެވެ.

ފަނޑިޔާރު ވިދާޅުވީ ވަކި މީހެއްގެ މައްޗަށް ޝަރީއަތް ނުހިންގޭނެ ކަމަށާއި ކޯޓުތަކުން ވަކިގޮތަކަށް ކަން ކުރަމުން އަންނަ ކަމުގެ އިހުސާސް ރައްޔިތުންގެ ހިތުގައި އުފެދިއްޖެނަމަ ކޯޓުތައް ހުރުމާމެދު ސުވާލު ކުރެވޭނެ ކަމަށެވެ.

އަލީ ވަހީދު ކޯޓަށް ހާޒިރުނުވުމުން ފިޔަވަޅެއް ނޭޅި ކޯޓުތަކުން އެކަމާ މެދު ކަމެއް ނުކުރެވި މައްސަލަތައް ހިންގޭގޮތްނުވެ “އަލީ ވަހީދުގެ ކުރިމަތީގައި ކޯޓުތައް އަމާންދީ ކުޑަކަކޫ ޖަހާތަން ރައްޔިތުންނަށް ފެނުމަކީ” ރާއްޖޭގެ ދުސްތޫރީ ނިޒާމު ކިލަނބުވެ ކޯޓުތަކުގެ އަމުރުތަކުގެ ހުރުމަތްކެނޑި ރާއްޖޭގައި ގާނޫނުގެ ވެރިކަން ނުހިންގޭކަމުގެ ތަސައްވުރު އުފެދޭކަމެއްކަމަށް ވިދާޅުވިއެވެ.

އެހެންކަމުން މިފަދަ ތަސައްވަރު އުފެދޭނަމަ އެކަމަށް އިޖާބަދީ ގާނޫނު އަސާސީ ދިފާއުކުރުމަށް ސުޕްރީމް ކޯޓުން ފިޔަވަޅު އަޅާނެ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: