ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމްއާ އެކު އެމްޑީޕީން ކޯލިޝަން ހަދަން ތާއީދެއް ނުކުރަން: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ އާއި ޕީޕީއެމް ކޯލިޝަން ހެދުން ރަނގަޅު ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އަށް އޮތް އެންމެ ރަނގަޅު ގޮތަކީ ޕީޕީއެމާއެކު ކޯލިޝަން ހެދުން ކަމަށާއި އެކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެހީތެރިކަން ބޭނުންވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމްޑީޕީގެ އިސް ބޭފުޅުން ހިމެނޭ ވަޓްސެޕް ގްރޫޕެއްގައި ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

މިކަމާ ގުޅިގެން ސުވާލު ކުރުމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެމްޑީޕީއާއި ޕީޕީއެމް ކޯލިޝަން ހަދައި ސިޔާސީގޮތުން އެކުގައި މަސައްކަތްކުރަން ފަށައިފިނަމަ ރާއްޖޭގައި މިހާރު އޮތް މަލްޓިޕާޓީ ނިޒާމް ނިމުމަކަށް އައުމުގެ ބިރު އެބައޮތް ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި އޮތީ ގިނަ ޕާޓީތަކެއް އެކުލެވޭ ސިޔާސީ ނިޒާމެއް ކަމަށާއި މިވަގުތު ރާއްޖޭގައި އޮތް މައި ދެ ސިޔާސީ ފިކުރަކީ އެމްޑީޕީ އާއި ޕީޕީއެމްކަން ކަމަށެވެ. އަދި މި ދެފިކުރު އެއް ވެއްޖެނަމަ ރާއްޖޭގައި މިހާރު އޮތް ސިޔާސީ ނިޒާމު ހުއްޓޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ދެ ޕާޓީ މަސައްކަތް ކުރަން ވާނީ ދެ ފަރާތުގައި ތިބެގެން. އެއީ ސިޔާސީ ނިޒާމަށް ވެސް ރާއްޖޭގެ ކުރިއެރުމަށް ވެސް ރާއްޖޭގެ މަސްލަހަތަށް ވެސް އޮތް އެންމެ ރަނގަޅު ގޮތް. އެއް ބަޔަކު އަނެއް ބަޔަކު ކުރާ ކަންތަކަށް ސުވާލު ކުރެވި، ފާޑުކިޔެން ޖެހޭނެ” ރައީސް ވިދާޅުވިއެވެ.

އެއް ބަޔަކު އަނެއް ބަޔަކު ކުރާ ކަންތަކާ މެދު ސުވާލުކޮށް، ފާޑުކިޔެން ޖެހޭނެ ކަމަށާއި އެއާ ހިލާފަށް އެމްޑީޕީ އާއި ޕީޕީއެމް އެކުވެއްޖެ ނަމަ ރާއްޖޭގައި އޮތް ޕާޓީ ނިޒާމް ނިމުމަކަށް އައުމުގެ ބިރު ވެސް އެބައޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: