ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަންވީ ވަގުތެއް ނޫން: ރައީސް

ފޮޓޯ-ދުވަސް އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

މިއީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަންވީ ވަގުތެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ތިބި ހަރުކަށި ފިކުރުގެ މީހުން ހައްޔަރު ކުރަން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ގޮވާލާފައެވެ. އަދި ނަޝީދު ވަނީ އެމްޑީޕީގެ ގައުމީ މަޖިލިހަށް އެކަމާ ގުޅޭ ގަރާރެއް ހުށަހަޅުއްވައިފައެވެ. އެ ގަރާރު ގައުމީ މަޖިލިހުން ވަނީ ކުޑަ އަގުލަބިއްޔަތުން ފާސް ކޮށްފައެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހަށް ރައީސް ނަޝީދު ހުށަހެޅުއްވި ޤަރާރު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 39 މެމްބަރުންގެ ވޯޓުންނެވެ. އެމްޑީޕީގެ ޤައުމީ މަޖިލީހަކީ 142 މެމްބަރުން ހިމެނޭ މަޖިލީހެކެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރީ 146 މެމްބަރުން ތެރެއިން 39 މެމްބަރުންގެ ވޯޓާއެކު ކަމަށްވާއިރު މިކަން މިގޮތަށް ކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގިނަ މެމްބަރުން ބޭނުން ނުވާކަން ފާހަގަވި ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މިއީ އެއްވެސް ހާލެއްގައި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަންވީ ވަގުތު ނޫންކަމަށާއި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި އެހާ މަދު ބަޔަކު ބައިވެރިމުންވެސް ސާފުވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަން މެމްބަރުންވެސް ބޭނުންނުވާކަން ކަމަށެވެ.

“އަޅުގަނޑު އަމިއްލަ އަށް ދެކޭ ގޮތުގައި، ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު ކުރަންވީ ވަގުތެއް ނޫން މިއީކީ” ރައީސް ވިދާޅުވިއެވެ.

މިއަދު ދިވެހި ރާއްޖެ އޮތް ހާލަތު ދިވެހި ފުލުހުންނަށް ސާފުވެ، ހަރުކަށި މީހުންނަކީ ކޮބައިކަން އެނގޭއިރު، އެމީހުން ހިފާ ހައްޔަރު ކުރުމަކީ ރާއްޖޭގެ މުސްތަގުބަލަށްޓަކައިވެސް ކުރަންޖެހޭ ކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: