ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ސުވާލެއް އެމްޑީޕީއަށް: “އަޅުގަނޑު މިހާރު އެމްޑީޕީގެ މެމްބަރަކަށް ނުވަނީތޯ؟”

އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ރައީސް މުހައްމަދު ނަޝީދާއި، ރައީސް ސޯލިހު/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމަނިކުފާނު މިހާރު އެމްޑީޕީގެ މެމްބަރަކަށް ނުވަނީތޯ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސުވާލު ކުރައްވައިފިއެވެ.

ރައީސް މިހެން ވިދާޅުވީ ސޯލިހް މިހާރު އަދާލަތު ޕާޓީގެ މެންބަރަކަށް ނުވާކަންވެސް ޔަގީން ނުވާކަމަށް ބުނެ ވާހަކަ ދެއްކެވެމުން ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް އަށް ފިޔަވަޅު އަޅުއްވަން އެންގެވިންތޯ ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިކަމާ ގުޅިގެން ރައީސް މިއަދު ވިދާޅުވީ އެމަނިކުފާނަކީ އެމްޑީޕީގެ އެންމެ އިސް ލީޑަރު ކަމަށާ ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދޭނެ ފަދަ ކަންކަން ކުރުމަށް ފުރުސަތެއް ދީގެން ނުވާނެ ކަމަށެވެ. އެހެންކަމުން ހަސަން އަފީފު ފަދަ ސީނިއާ ބޭފުޅަކު އެފަދަ ވާހަކަ ދެއްކެވުމުން އެކަން ބެއްލެވުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް އަންގަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

“އަޅުގަނޑު ދެންނެވިން މިހެން އޮތީމަ ވީގޮތަކާއި އެއްޗެހި ބައްލަވާށޭ. ބައްލަވާފައި މިކަން ނުވާނެ ގޮތަކަށް ހަދާށޭ. އަދި އަޅުގަނޑު ދެންނެވިން އަޅުގަނޑަކީ އެމްޑީޕީގެ މެމްބަރަކަށް ނުވަނީތޯއޭ މިހާރު، އެހެން އެ ވިދާޅުވަނީ. އެހެންވީމަ އެ އެއްޗެހި ސާފުކޮށްދެއްވާށޭ” ރައީސް ވިދާޅުވިއެވެ.

ސަންގުޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، އަފީފް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ސަރުކާރުގެ ތެރޭގައި އިންތިހާއަށް ކޮރަޕްޝަންގެ މައްސަލަތައް އޮތް ނަމަވެސް، އެފަދަ ކަންކަމަށް ރައީސް ދެއްވާ އެއްވެސް ސަމާލުކަމެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

އަފީފް ގަބޫލު ކުރައްވާ ގޮތުން ޕާޓީގެ މެމްބަރުންތަކުގެ ވެސް ބައިވެރިވުމާއި އެކު، އަސާސްތަކާއި ހިލާފު ވެ ހިންގާ މިފަދަ އެއްވެސް އަމަލެއް ނުބެލި، ދިއުމަކީ އާއްމު މެމްބަރުން އެހާ ރުހޭނެ ކަމެއް ނޫނެވެ. ޕާޓީއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ވެސް އެއީކަން އަފީފް ފާހަގަ ކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: