ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝޭހް އިލިޔާސްއަށް ޑިޕްލޮމެޓިކް ޕާސްޕޯޓެއް ދިން މައްސަލަ މަޖިލީހަށް

ދީނީ އިލްމުވެރިޔާ އައްޝައިހް އިލްޔާސް ހުސައިން
ޝެއާރކޮށްލާ ކަހަލަދޯ؟

އަދާލަތު ޕާޓީގެ މެމްބަރު ފަޟީލަތުއްޝައިހް އިލްޔާސް ހުސައިނަށް މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ޑިޕްލޮމެޓިކް ޕާސްޕޯޓެއް ދިން މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެއްވެސް ފަރާތަކަށް ވިސާގެ ބޭނުމަށް އުސޫލުން ބޭރުން ވަޒީފާގެ ލިޔުމާއި ޑިޕްލޮމެޓިކް ޕާސްޕޯޓް ދިނުމަކީ ގާނޫނާ ހިލާފްކަމެއްކަމަށެވެ. އަދި އެކަން ހިނގާގޮސްފައިވާ ގޮތް ބެލުމަށް މަޖިލީހުގެ ހާރިޖީގުޅުންތަކާބެހޭ ކޮމިޓީއަށް މިއަދު ހުށަހަޅާފައިވާކަމަށް ވެސް އުޝާމް ވިދާޅުވިއެވެ.

މީގެ ދެދުވަހެއް ކުރިން ކްލްބް ހައުސްގައި ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ އެ ބޭފުޅާގެ ދަރިކަލުން މެލޭޝިޔާގައި ކިޔަވަން ހުންނާތީ މެލޭޝިއާގައި މަޑު ކުރުމަށް ވިސާ އެއް ހޯދަން އެދިގެން އެކަން ނުވެފައި އޮންނާތީ ދިވެހި ސަރުކާރުގައި އެދުމުން ދިވެހި ސަރުކާރުން ޑިޕްލޮމެޓިކް ޕާސްޕޯޓެއް ދެއްވި ކަމަށެވެ. އަދި މެލޭޝިޔާގެ އެމްބަސީގެ ވަޒީފާއެއްގައިވެސް ނުހުންނަ ކަމަށާއި ހަމައެކަނި ލިޔެކިޔުމުން ވަޒީފާއެއްގައި އޮންނަ ކަމަށް ޖަހާފައި އޮންނަނީ ޑިޕްލޮމެޓިކް ޕާސްޕޯޓު ހޯދަން ކަމަށް އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް އަށްވަނީ މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ ކައުންސެލާ ޓު ދަ އެމްބެސެޑަރުގެ މަޤާމު ދީފައެވެ. އިލްޔާސް ވިދާޅުވި ގޮތުގައި އޭނާ އެ މަޤާމުގައި ހުންނެވި ނަމަވެސް އެއްވެސް މުސާރައެއް ނުނަންގަވައެވެ. އަދި ވިދާޅުވީ ހަމައެކަނި ލިޔެކިޔުމުން އޮންނަ މަޤާމެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: