ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުން ރައްޔިތުންގެ މުދަލުގައި ހުޅުޖަހާ ގެއްލުމެއް ނުދޭނެ: އިދިކޮޅު

ޝެއާރކޮށްލާ ކަހަލަދޯ؟

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ފަޅާލައި ވައްކަން ކުރަމުންދަނީ އިދިކޮޅު ފަރާތްތަކުން ކަމަށްބުނެ އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ މޫސާ ޢަލީ މަނިކު (މޫކޭ) ދެއްކެވި ވާހަކަތަކަށް އިދިކޮޅު ކޯލިޝަނުން ރައްދު ދީފިއެވެ.

އިދިކޮޅު ކޮލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ޕީޕީއެމް/ޕީއެންސީ އަކީ އެއްވެސް އިރަކު ހުޅުޖަހާ ރައްޔިތުންގެ މުދަލަށް ގެއްލުންދޭ ބައެއް ނޫން ކަމަށާއި އަދި އެކަމަށް ހިތްވަރުދީ ތާއީދު ވެސް ނުކުރާނެ ކަމަށެވެ.

“އެފަދަ ކަންކަން ހިންގުމުގެ މާޒީއެއް އޮތީ މި ސަރުކާރުގައި ތިއްބެވި ބޭފުޅުންގެ. އެކަން ފެބްރުއަރީ 8 ގައި ރާއްޖޭގެ ހުރިހާ ދިމާލަކުން ފެނިގެންދިޔަ” ހީނާ ވިދާޅުވިއެވެ.

އާރްޑީސީ އޮފީހުން ރޭ ވައްކަންކޮށްފައިވާއިރު، އެކަންކޮށްފައިވަނީ އެ އޮފީހުގެ ސީލިންގ ފޫއަޅުވާލައިގެންނެވެ. ނަމަވެސް އެ އޮފީހުން ގެންދިޔަ ތަކެތީގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: