ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންގެ ބަންކް ބެޑް ޚާއްސަ އަގެއްގައި ރެޑްވޭވުން ޕްރީ އޯޑަރ ހުޅުވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިންގެ ބަންކް ބެޑަށް ޚާއްސަ އަގެއްގައި ޕްރީ އޯޑަރ ކުރުމަށް ރެޑްވޭވުން ހުޅުވާލައިފިއެވެ.

ރެޑްވޭވުން މިއަދު ބުނީ ރެޑްވޭވުން ވިއްކަމުންދާ ތިން އެނދު ހިމެނޭ، ކުޑަކުދިންގެ ބަންކް ބެޑަށް ޑިމާންޑް ބޮޑުވެ، ޕްރީ އޯޑަރ ކުރައްވަން ބޭނުންފުޅުވާ ކަސްޓަމަރުންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ރެޑްވޭވުން ބުނީ -/6990 ރުފިޔާއަށް ޕްރީ އޯޑަރ ކޮށްލެވޭ މި އެނދަކީ ފެންވަރު ރަނގަޅު އަދި މާރކެޓުގައި ހުރި މިބާވަތުގެ އެނދަށްވުރެ އެތަށްގުނައެއް ހެޔޮއަގެގައި ލިބިގެންދާނެ އެނދެއްކަމަށެވެ. މިތަކެތި މި ފެށޭ ސެޕްޓެމްބަރ މަހުގެ ފަހުކޮޅުގައި ކަސްޓަމަރުންނަށް ލިބިގެންދާނެކަމަށް އެކުންފުނިން ހާމަކުރެއެވެ.

ދެ ސިންގަލް އެނދާއި ޑަބަލް އެނދެއް ހިމެނޭ ގޮތަށް ހުންނަ މި ބަންކް ބެޑްގެ ނޫ އަދި ފިޔާތޮށި ކުލަ މިހާރު ކަސްޓަމަރުންނަށް ޕްރީ އޯޑަރ ކުރެވޭނެއެވެ. ބުކް ޝެލްފެއްވެސް ހިމެނޭ މި އެނދަށް ބޭނުންވާ ގޮދަޑިވެސް ވަކިން ބައްލަވައިގަތުމަށް ރެޑްވޭވުން ލިބެން ހުންނާނެކަމަށް އެ ކުންފުނިން ބުންޏެވެ.

ޕްރީ އޯޑަރ ކުރައްވަން ބޭނުންފުޅުނަމަ ރެޑްވޭވްގެ ވެބްސައިޓް މެދުވެރިކޮށް ފަސޭހަކަމާއެކު އެކަން ކުރެވިގެންދާނެއެވެ. އަދި ރެޑްވޭވް ފަރުނީޗަރ ވިއްކަމުންދާ ފިހާރަތައް ކަމަށްވާ ރެޑްވޭވް ލިވިންގް، ރެޑްވޭވް ޕެވިލިއަން އަދި ރެޑްވޭވް މެގަމޯލް (ހުޅުމާލެ) އިން ލިބިގެންދާނެއެވެ. އަދި 9194499 މިނަންބަރަށް ގުޅައިގެން މައުލޫމާތު ސާފުކޮށް ޕްރިއޯޑަރވެސް ކޮށްލެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: