ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިން ތިބޭ ތަންތަން ބެލައި އިންސްޕެކްޓް ކުރަނީ

ފައިވް ސްޓާ ހޮޓަލެއްގެ ހިދުމަތެއް ދޭނެކަމަށް ބުނެ އޮޅުވާލައިގެން ބުކިން ފައިސާ ނެގުމަށްފަހު، އާދައިގެ ގެސްޓް ހައުސްއަކަށް ބޭރު ބައެެއް ގެނައި މައްސަލައެއް
ޝެއާރކޮށްލާ ކަހަލަދޯ؟

މީހުން ދިރުއުޅޭ ރަށްރަށުގައި ފަތުރުވެރިން ތިބޭ ތަންތަން ބަލާ ޗެކްކުރުމަށް އިންސްޕެކްޝަނެއް ފެށުމަށް ނިންމައިފިއެވެ.

އެޗްޕީއޭ އިން މިއަދު ބުނީ ރާއްޖެ އަންނަ ފަތުރުވެރިން މިދިޔަ މަހުގެ 26 އިން ފެށިގެން މާލެއާއި މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި ޗުއްޓީ ހޭދަކުރުމަށް ތިބެވޭނީ ކޮވިޑް-19 ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށް، ރާއްޖެއަށް ދަތުރުކުރާ ތާރީޚަށް 14 ދުވަސް ވެފައިވާ ފަރާތްތަކަށް ކަމަށާއި ވެކްސިންގެ ޑޯޒްތައް ހަމަނުވާ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށުގައި ހޮޓާތަކާއި، ގެސްޓް ހައުސް ތަކުގައި ތިބެވޭނީ އެރަށެއްގެ މުޅި އާބާދީގެ 60 ޕަސެންޓަށް މަތިވެފައިވާނަމަ ކަމަށް އަންގާފައިވާނެ ކަމަށެވެ.

ނަމަވެސް މި އުސޫލުތަކާ ޚިލާފަށް ގިނައަދަދެއްގެ ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ކަމުގެ މަޢުލޫމާތު ލިބެމުންދާތީ އަދި އެ އުސޫލުތައް ގާއިމުކޮށްފައިވާ މަޤުޞަދު ހާސިލުކުރުމަށް ޓަކައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލާ، އުސޫލާ ޚިލާފުވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި މާދަމާ އިން ފެށިގެން އިސްޕެކްޝަންތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މި އިންސްޕެކްޝަން ކުރިއަށްގެންދަން ހަމަޖެހިފައިވަނީ މޯލްޑިވްސް އިމިގްރޭޝަން، މޯލްޑިވްސް ޕޮލިސް ސާރވިސް، މިނިސްޓްރީ އޮފް ޓުއަރިޒަމް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަދި އެޗްޕީއޭ ގުޅިގެންނެވެ.

މި އިންސްޕެކްޝަން މާލެއާއި މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: