ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީނުގެ އަސާސްތަކާ ހިލާފުވާނަމަ ކޯލިޝަން ރޫޅާލަން ފަހެއް ނުޖެހޭނަން: އިމްރާން

ޝެއާރކޮށްލާ ކަހަލަދޯ؟

އަދާލަތު ޕާޓީން ގަބޫލުކުރާ އަސާސްތަކާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ޚިލާފުވެއްޖެނަމަ ކޯލިޝަން ރޫޅާލައި ސަރުކާރާ ދެކޮޅަށް މަސައްކަތްކުރަން ފަހަތަށް ނުޖެހޭނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީގެ 16 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފްލާގައި ވާހަކަދަައްކަމުން އިމްރާން ވިދާޅުވީ ރާއްޖޭގެ ސިޔާސީ މައިދާނަކީ 2005 ގައި ސިޔާސީ ޕާޓީތައް އުފެދެން ފެށީއްސުރެ މާބޮޑު ހަމަޖެހުމެއް ނެތް މައިދާނެ ކަމަށެވެ.

އެގޮތުން ކޮންމެ ފަހަރަކު ސަރުކާރެއް އުފެދި މަދު ދުވަސްކޮޅެއްގެ ތެރޭގައި ސަރުކާރުގެ ތެރޭގައި ބައިބައިވުން އުފެދި ކޯލިޝަނުގެ ބައިތައް ރޫޅުމުން ރައްޔިތުން ވަރަށް ބޮޑު ނިކަމެތި ކަމެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

އެގޮތުން ކޯލިޝަނާއެކު ކުރިއަށް ވަޑައިގަންނަވާނެކަމަށް ރައީސް ސޯލިހު ވިދާޅުވި ބަސްފުޅާއެއްގޮތަށް އެމަނިކުފާނު ސާބިތުވެ ހުންނެވިކަމަށާއި، އަދާލަތު ޕާޓީއަކީ އަދުގެ ސަރުކާރުގައި މުހިއްމު ބައިވެރިއެއްކަމަށް އިމްރާން ވިދާޅުވިއެވެ. މީގެ އިތުރުން އިމްރާން ވިދާޅުވީ ސަރުކާރުގައި އެޕާޓީ ތަމްސީލު ކުރަނީވެސް ޤާބިލު ބައެއް ކަމަށެވެ.

އިމްރާން ވިދާޅުވީ އިސްލާމްދީނާއި މިނިވަންކަމާއި ސިޔާދަތަށް ރައްކާތެރިވެ ހުރެ، ރައްޔިތުންގެ ހައްގުތައް ފުރިހަމަ އަށް އަދާކޮށްދޭހާ ހިނދެއްގައި ސަރުކާރާ އިންޗިއެއް ވެސް ދުރުވެގެން ނުދާނެ ކަމުގެ ޔަގީންކަން ރައީސް އަށް އަރުވާ ކަމަށެވެ.

“މި ދެންނެވި އަސާސްތަކުން ފަހަތަށް ޖެހިލައިފި ހިނދަކު މި ކޯލިޝަން ރޫޅާލައި ދެކޮޅަށް މަސައްކަތްކުރުމަށް އަދާލަތު ޕާޓީން ފަހަރެއްގައި ވެސް ފަހަތަކަށް ނުޖެހޭނަން. މިއީ އަދާލަތު ޕާޓީ ދެމިއޮންނާނެ ގޮތް، މިއީ އަދާލަތު ޕާޓީން މަސައްކަތްކުރާނެ ގޮތް.”އިމްރާން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: