ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރެޑްވޭވްގެ ހަފްތާބަންދު ސޭލް: ހަފްތާ ބަންދުގެ ވިޔަފާރިއަށް ބޮޑު ލުޔެއް

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އެންމެ ބޮޑު އެއް ސުޕަރމާކެޓް، ރެޑްވޭވުން ކޮންމެ ހަފްތާ ބަންދަކާ ދިމާކޮށް ޚާއްސަ ސޭލެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

ރެޑްވޭވުން ބުނީ މިއަދުން ފެށިގެން 19 ސެޕްޓެމްބަރަށް ކުރިއަށް ގެންދާ މި ސޭލުގައި ތަރުކާރީ، މޭވާ، ކުކުޅު އަދި ފްރޯޒަން ފުޑްސްގެ ބާވަތްތަކުން ފަސް ޕަސެންޓާ 20 ޕަސެންޓަ ދެމެދުގެ ޑިސްކައުންޓެއް ލިބިގެންދާނެކަމަށެވެ.

އެގޮތުން ބުރާސްފަތި ދުވަހުގެ ހަވީރު 16:00 ން 23:00 އަށް އަދި ހުކުރު ދުވަހުގެ ހެނދުނު 08:00 ން 11:00 އާ ދެމެދު ރެޑްވޭވްގެސުޕަރމާކެޓް ފިހާރަތަކުން ވިޔަފާރުކުރައްވަވާ ފަރާތްތަކަށް ޑިސްކައުންޓް ލިބިގެންދާނެއެވެ.

މިއީ ގިނަ އަދަދެއްގެ ކަސްޓަމަރުން ހަފްތާ ބަންދުގައި ކުރައްވަވާ ވިޔަފާރިއަށް ލިބިގެންދާނެ ލުޔެއްކަމުގައި ރެޑްވޭވް އިން މައުލޫމާތު ދެއެވެ.

ދުނިޔޭގެ އިގްތިޞާދީ ހާލަތު ދަށްވެ، ރައްޔިތުންގެ މާލީ ހާލަތަށްވެސް ނޭދެވޭ ބަދަލެއް އައިސްފައިވާ މި ދަނޑިވަޅުގައި ރެޑްވޭވުން މަސއްކަތްކުރަނީ ކަސްޓަމަރުންނަށް އެކަށިގެންވާ ހެޔޮއަގެއްގައި ތަކެތި ފޯރުކޮށްދިނުމަށް ކަމަށް ރެޑްވޭވުން ބުންޏެވެ. އެގޮތުން މި ފަދަ ސޭލްތަކާއި ޕްރޮމޯޝަންތައް ވަރަށް ގިނައިން ކުރިއަށްގެންދާނެކަމުގައި އެކުންފުނިން މައުލޫމާތު ދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: