ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިފުށީގައި 100 ހައުސިން ޔުނިޓް އަޅަން ހަވާލުކޮށްފި

ވިލިފުށީގައި 100 ހައުސިން ޔުނިޓް އަޅަން އަމީންއާ ހަވާލުކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ތ. ވލުފުށީގައި 100 ހައުސިން ޔުނިޓް އަޅަން ހަމަޖެހިއްޖެއެވެ.

މި މަޝްރޫއުގެ މަސައްކަތް ކުރުމަށް ހަވާލުކުރީ އަމީން ކޮންސްޓްރަކްޝަން އަށްށެވެ.

މިގޮތުން ހައުސިން މިނިސްޓްރީގެ ފަރާތުން އެރަށުގައި މި މަޝްރޫއު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން ޑިޕާޓްމެންޓް ޑިރެކްޓަރު އަހުމަދު ވިޝާން ނަސީމެވެ. އަދި އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ އެމްޑީ އަބްދުﷲ މުހައްމަދެވެ.

މި މަޝްރޫއަކީ ނޫމަޑިން 2011 ވަނަ އަހަރު ފަށާފައިވާ މަޝްރޫއުއެކެވެ. އެހެންނަމަވެސް މީގެ އަހަރުތަކެއް ކުރިން މި މަސައްކަތް ވަނީ ހުއްޓިފައެވެ.

މިގޮތުން މީގެ ކުރިން ފެށި މަސައްކަތުގެ ދަށުން އިމާރަތް ކުރަން ހަމަޖެހިފައިވާ 100 ހައުސިން ޔުނިޓްގެ ތެރެއިން އެ މަޝްރޫއު ހުއްޓުމާއި ގުޅިގެން އިމާރާތް ކުރެވިފައިވަނީ 64 ހައުސިން ޔުނިޓްގެ މަސައްކަތެކެވެ. މިއީ 82،138،268.57 ރުފިޔާގެ މަޝްރޫއުއެއް ކަމަށް މައުލޫމާތުލިބެއެވެ.

އަދި މިމަސައްކަތަށް ޕީއެސްއައިޕީ ބަޖެޓުން ހަރަދު ކުރަމުން ގެންދާއިރު، މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 240 ދުވަހުގެ ތެރޭގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: