ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިސަރުކާރުން ބިންގާ އެޅި ފުރަތަމަ ހައުސިން މަޝްރޫއަށް ޗައިނާގެ ބޭންކް ލޯނު ނުލިބުނު!

1700 ޔުނިޓުގެ ބިންގާ އެޚުމަށް ބެއްވި ރަސްމިއްޔަތުގެ ތެރެއިން / ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިސަރުކާރުން ބިންގާ އެޅި ފުރަތަމަ ހައުސިން މަޝްރޫއަށް ޗައިނާގެ ބޭންކް ލޯނު ހަމަޖެހިފައިނުވާކަން ސަރުކާރުން ޔަގީންކޮށްދެއްވައިފިއެވެ.

މިސަރުކާރުގެ ފުރަތަމަ ހައުސިން މަޝްރޫއަކީ ހައުސިން މިނިސްޓަރުކަމުގައި އާތިފާ ހުންނެވިއިރު ހުޅުމާލޭގައި އެޅުމަށް ނިންމި 1700 ހައުސިން ޔުނިޓުގެ މަޝްރޫއެވެ. މިމަޝްރޫއު ފުރަތަމަ އެކުލަވާލިއިރު އޮތީ 2500 ހައުސިން ޔުނިޓު ގާއިމްކުރުމަށެވެ. އެހެންނަމަވެސް ޕްރޮޖެކްޓް ޑިޒައިންއަށް ގެނެވުނު ބަދަލުތަކާއެކު 1700 ހައުސިން ޔުނިޓަށް މަޝްރޫއު ބަދަލުކުރެވުނެވެ.

ސަރުކާރުގެ މަޝްރޫއުތަކުގެ ތަފްސީލްތައް އާންމުކުރާ އައިލްސް ވެބްސައިޓުގައިވާ ގޮތުން މަޝްރޫއުގެ 85 އިންސައްތައަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގައި ޕްރޮޖެކްޓްގެ ކޮންޓްރެކްޓަރު ކަމަށްވާ ޗައިނާގެ ސައިނޯ ހައިޑްރޯ ގްލޯބަލް ކޮންސްޓްރަކްޝަން ކުންފުންޏަށް ދަނީ ދަތިތަކާއި ކުރިމަތިވަމުންނެވެ. އެގޮތުން މިމަޝްރޫޢަށް ފައިނޭންސް ކޮށްދޭން އެއްބަސް ވެފައިވާ ބޭންކު، ބޭންކް އޮފް ޗައިނާއިން ފައިނޭންސިން އޮފާރ ވަނީ ވިތްޑޮރޯ ކޮށްފައިކަމަށާއި މިވަގުތު ކޮންޓްރެކްޓާރ އެހެން ބޭންކަކާއި މަޝްވަރާ ކުރަމުން ދާކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް އަންގާފައިވާކަމަށް ވެބްސައިޓުގައިވެއެވެ.

މިމަޝްރޫއު ހިންގުމަށް ބޭނުންވާ 308,177,181.00 (ތިންސަތޭކަ މިލިޔަން އެއްސަތޭކަ ހަތްދިހަ ހަތްހާސް އެއްސަތޭކަ އަށްޑިހަ އެއް)ރުފިޔާގެ 85 އިންސައްތަ ދިނުމަށް ބޭންކް އޮފް ޗައިނާއިން ދިނުމަށް މީގެ ކުރިން ވަނީ އެއްބަސްވެފައެވެ. އެހެންނަމަވެސް އެބޭންކްއިން ފައިސާ ދިނުމަށް ނިންމި ނިންމުން ވަނީ ވިތުޑްރޯ ކޮށްފައެވެ.

މިމަޝްރޫއަށް ފައިސާ ލިބޭނެކަމުގެ ޔަގީންކަން ނެތްކަމަށް މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މިހާރުގެ ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި 1700 ހައުސިން ޔުނިޓާއި ގުޅޭގޮތުން ސަންގު ޓީވީއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އޭރު ވިދާޅުވީ މިސަރުކާރުން ގުނާ ހައުސިން މަޝްރޫއުތަކުގެ ތެރޭގައި މިޔުނިޓުތައް ނުހިމަނާ ކަމަށެވެ. މިމަޝްރޫއުގެ ބިންގާ މިސަރުކާރުން އެޅި ކަމުގައިވިޔަސް ކޮންޓްރެކްޓަރާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކުރީ ސަރުކާރުން ކަމަށާއި އެކަމަށް ބޭނުންވާ ލޯނު އެގްރިމެންޓު އެހާތަނަށްވެސް ހަމަޖެހިފައި ނުވާތީ އެމަޝްރޫއު ކުރިއަށް ދިޔުމާމެދު ޔަގީންކަން ނެތްކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިމަޝްރޫއުގެ ބިންގާ އަޅާފައިވަނީ 2020 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. މި މަޝްރޫއުގެ ދަށުން އަޅަން ނިންމާފައިވަނީ 15 އަދި 16 ބުރީގެ 11 ޓަވަރެވެ. މި 11 ޓަވަރުގައި 1700 ހައުސިން ޔުނިޓު ހުންނާނެ އެވެ. މި އިމާރާތްތަކުގައި ހަދަނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމަންޓެވެ. މި މަޝްރޫއުގައި ހިމެނޭނީ 900 އަކަ ފޫޓުގެ ތިން ކޮޓަރީގެ 1،020 އެޕާޓްމަންޓާއި ދެ ކޮޓަރީގެ 650 އަކަފޫޓުގެ 680 އެޕާޓްމަންޓެވެ.  މިމަޝްރޫއު ދެއަހަރު ތެރޭ ނިންމުމަށް އޭރު ސަރުކާރުން ވަނީ ލަފާކޮށްފައެވެ.

މިސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ 5000 ހައުސިން ޔުނިޓުގެ މަސައްކަތް ނިންމުމަށެވެ. އެހެންނަމަވެސް، މި 5000 ޔުނިޓުގެ ތެރޭގައި މި 1700 ޔުނިޓު ނުހިމަނާކަމަށް މިނިސްޓަރ އަސްލަމް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: