ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޭމަންޑޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރަށް ރައީސް ޒިޔާރަތްކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރު ތ. ވޭމަންޑޫއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ހިންގާ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރަށް ޒިޔާރަތްކުރައްވައިފިއެވެ.

މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ، އެ ސެންޓަރުގެ އަމާން ހިޔާގައި ދިރިއުޅޭ ކުދިންނާ މުވައްޒަފުންނާ ބައްދަލުކޮށްލައްވާ ބޭނުންވާ ކަންތައްތަކުގެ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. މި ސެންޓަރުަގައި މިވަގުތު 16 އަހަރާއި 17 އަހަރާ ދެމެދުގެ 6 ކުދިން ތިބެއެވެ.

މި ސެންޓަރަކީ މުޖުތަމަޢުގައި ނާޒުކު ޙާލަތުގައި ތިބި މީހުންނަށް އަޅާލައި، އެހީތެރިވުމުގެ ގޮތުން ޖެންޑަރ މިނިސްޓްރީގެ ދަށުން ހިންގާ ސެންޓަރެކެވެ.

ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރަށް ޒިޔާރަތްކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ދެން ވަޑައިގަތީ ވޭމަންޑޫ ސްކޫލަށެވެ. އެމަނިކުފާނު ސްކޫލަށް ކުރެއްވި ޒިޔާރަތުގައި ސްކޫލް ކުދިންނާއި ސްކޫލްގެ އިސްވެރިންނާ ޓީޗަރުންނާ ވަނީ ބައްދަލުކުރައްވާ ބޭނުންވާ ކަންކަން އޮޅުންފިލުއްވައި ތަނުގެ ޙާލަތު ބައްލަވާލައްވާފައެވެ.

ވޭމަންޑޫ ސްކޫލަކީ 355 ދަރިވަރުން މިހާރުވެސް ކިޔަވަމުންދާ ސްކޫލެކެވެ. ގްރޭޑް 1-12 އަށް ކިޔަވާދެމުންދާ މި ސްކޫލްގައި މަލްޓިޕަރޕަސް ހޯލެއް ތަރައްޤީކުރަމުންދާއިރު، ތަޢުލީމީ ދާއިރާ ކުރިއެރުވުމަކީ މިސަރުކާރުން އެންމެ އިސްކަންދޭ އެއް ރިޔާސީ ވަޢުދެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު ވޭމަންޑޫއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ތ. އަތޮޅުގެ 7 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ހަތަރުވަނަ މަންޒިލެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: