ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ އެތެރެކުރަން އުޅުނު 16.72 ކިލޯގެ ޑްރަގްސް އަތުލައިގެންފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނީ ބްރެޒިލުން ރާއްޖެ އައި އުމުރުން 29 އަހަރުގެ އަންހެނެއްގެ އަމަލުތައް ހުރި ގޮތުން ޝައްކުވެ އޭނާގެ ފޮށި ކަސްޓަމުން ބަލައި ފާސް ކުރިއިރު، ފޮށީގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުވާ ތަކެތި ފެނުނު ކަމަށެވެ.

ފުރަތަމަ މަރުހަލާގައި ކަސްޓަމުން އެ ތަކެތި ޓެސްޓްކުރި އިރު ކޮކެއިނަށް ޕޮޒިޓިވްވި ކަމަށާއި ބްރެޒިލްގެ އެ މީހާގެ އަތުން އަތުލި މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 16.723 ކިލޯ ގްރާމް ހަމަވާ ކަމަށެވެ. އަދި އެ އަންހެން މީހާގެ އަތުން އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 83 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

މި މައްސަލާގައި އެ އަންހެން މީހާ އާއި މަސްތުވާތަކެތި ވަނީ ފުލުހާ ހަވާލު ކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: