ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާއިން މާސްޓާސް ފެންވަރުގެ 30 ސްކޮލަޝިޕަށް ހުޅުވާލަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާއިން މާސްޓާސް ފެންވަރުގެ 30 ސްކޮލާޝިޕްގެ ފުރުސަތަށް ސަރުކާރުން ވަރަށް އަވަހަށް ހުޅުވާލާނެކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް މާސްޓަރ ޕްލޭން އިފްތިތާހު ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އިޤްތިޞާދީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން ރާއްޖެއަށް އަންނަ ބަދަލުތަކަށް ބަލާއިރު، މީހުން ބިނާކުރަންޖެހޭ ވަރަށް ގިނަ ދާއިރާތަކެއް އެބަހުރިކަމަށެވެ. އޭގެ ތެރެއިންވެސް، މެންޓަލް ހެލްތުގެ ދާއިރާއަކީ، ވަރަށް ޚާއްޞަ އިސްކަމެއްދީގެން މީހުން ބިނާކުރަން ޖެހިފައިވާ ދާއިރާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ނޭޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް މާސްޓާ ޕްލޭނަކީ، ޤައުމުގެ ތަރައްޤީއަށް ބޭނުންވާ މީހުން ބިނާކުރުމަށް، ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ވަރަށް މުހިންމު ބައެއް ކަމަށާއި، މި މާސްޓަރ ޕްލޭނަށް ޢަމަލުކުރަން ފެށުމުން، ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރަށް ދިމާވެފައިވާ ގިނަ ގޮންޖެހުންތަކަކަށް ކޮންމެވެސްވަރެއްގެ ހައްލެއް ލިބިގެންދާނެކަމަށެވެ.

މި މާސްޓަރ ޕްލޭން އެކުލަވައިލާފައި ވަނީ، ކުރިއަށް އޮތް ފަސް އަހަރަށް އަމާޒުކޮށްގެން ކަމަށާއި، އެގޮތުން ރާއްޖޭގެ ވަޒީފާ ބާޒާރަށް އެންމެ ބޮޑަށް މީހުން ބޭނުންވެފައިވާ ހުރިހާ ދާއިރާތަކާއި، ރާއްޖޭގެ މީހުން ތަމްރީނު ކުރަމުން އަންނަ ދާއިރާތަކާ ދެމެދު އޮތް ހުސްކަން، މި މާސްޓަރ ޕްލޭންގެ އެހީގައި ކުޑަކުރެވިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ކޮވިޑް-19ގެ ދަތި އުނދަގުލުގައިވެސް، ސަރުކާރުގެ އެންމެ އިސް ސިޔާސަތަކަށް ހެދީ، ދައުލަތުގެ ހަރަދުތައް ކުޑަކޮށްގެންނަމަވެސް، މީހުން ބިނާކުރުމާ ގުޅިފައިވާ މަސައްކަތްތައް ހުއްޓާނުލައި ކުރިއަށް ގެންދިޔުންކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ އޭގެ ތެރެއިން، ރާއްޖެއިން ބޭރުގައި މަތީ ތައުލީމު ހާސިލުކުރަން ދޫކުރާ ސްޓޫޑެންޓް ލޯނުވެސް، ހުއްޓާނުލައި ކުރިއަށް ގެންދިޔަކަމަށާއި ރާއްޖޭގައި ތިބެގެން، ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔަވައިދިނުމުގެ ސްކީމްވެސް މެދުކަނޑާނުލައި ކުރިއަށް ގެންދެވުނު ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ އިޤްތިސާދީ ގޮތުންނާއި، އިޖުތިމާއީ ގޮތުން ރާއްޖެއަށް އަންނަ ބަދަލުތަކަށް ބަލާއިރު، މީހުން ބިނާކުރަންޖެހޭ ވަރަށް ގިނަ ދާއިރާތަކެއް އެބަހުރިކަމަށާއި، އޭގެ ތެރެއިންވެސް، މެންޓަލް ހެލްތުގެ ދާއިރާއަކީ، ވަރަށް ހާއްސަ އިސްކަމެއްދީގެން މީހުން ބިނާކުރަން ޖެހިފައިވާ ދާއިރާއެއްކަމަށެވެ.

“މެންޓަލް ހެލްތުގެ ދާއިރާއިން، ކްލިނިކަލް ސައިކޮލޮޖީއާއި، ޕްރޮފެޝަނަލް ކައުންސެލިންގ، އަދި އެޑިކްޝަން ސްޓަޑީޒްގެ ސްކޮލަރޝިޕްތައް ހިމެނޭގޮތަށް، މާސްޓަރސް ފެންވަރުގެ 30 ސްކޮލަރޝިޕްގެ ފުރުޞަތު، މާތް ﷲގެ އިރާދަފުޅާއެކު، ސަރުކާރުން ވަރަށް އަވަހަށް ހުޅުވައިލާނެ.” ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މީހުން ބިނާ ކުރުމަކީ ޤައުމުގެ ކުރިމަގަށްޓަކައި ރައްކާކުރެވޭ ވަރަށް އަގުބޮޑު ރައުސްމާލެއްކަމަށެވެ. އެކަމަށްޓަކައި ސަރުކާރުން މިކުރާ މަސައްކަތުގައި ހުރިހާ ބެލެނިވެރިން ވަރަށް ފުރިހަމަ އެއްބާރުލުމެއް ދެއްވުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ. އަދި ސަރުކާރުން ފަހިކޮށްދޭ މިފަދަ ފުރުޞަތުތަކުގެ ބޭނުން ހިފައި، ޒުވާނުންގެ ކިބައިގައި ހުރި ހުނަރާއި ފަންނު ކުރިއަރުވައި ތަރައްޤީކޮށްގެން، ޤައުމުގެ ތަރައްޤީގައި މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ބައިވެރިވުމަށް، ރާއްޖޭގެ ހުރިހާ ޒުވާނުންނަށް ރައީސްވަނީ އިލްތިމާސް ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: