ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ ވަހީދު ހައްޔަރު ކުރިކަމުގެ އެއްވެސް މައުލޫމާތެއް ނުލިބޭ: ފުލުހުން

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޓޫރިޒަމް މިނިސްޓަރަކަށް ހުންނަވަނިކޮށް ޖިންސީ ގޯނާގެ ތުހުމަތުގައި މަގާމުން ވަކި ކުރި އަލީ ވަހީދު ހައްޔަރު ކުރިކަމަށް މީޑިއާތަކުން ރިޕޯޓު ކުރަމުން ދިޔަ ނަމަވެސް އެފަދަ އެއްވެސް މައުލޫމާތެއް އަދި ލިބިފައި ނުވާކަމަށް ފުލުހުން ބުނެފި އެވެ.

އަލީ ވަހީދު ހައްޔަރުކޮށްފައިވާކަމަށް ބުނެ ކުއްލިއަކަށް މީޑިއާތަކުގައި ފެތުރިގެން ދިޔައީ، މިއަދުގެ ހަވީރު 04:00 މީޑިއާތަކާއި ބައްދަލު ކުރާނެކަމަށް އޭނާ ބުނެފައި ވަނިކޮށެވެ. އެނގިފައިވާ ގޮތުން މިއަދުގެ ޕްރެސްގައި އަލީ ވަހީދު ބޭނުންވީ ސިޔާސީ ބައެއް މީހުން ކޮމްޕްރޮމައިޒް ވާނެފަދަ ބައެއް އޯޑިއޯތަކާއި ލިޔެކިއުންތަކެއް ލީކު ކުރުމަށެވެ. އެހެން ނަމަވެސް ޕްރެސް ބާއްވާނެކަމަށް ބުނި ގަޑީގެ ގާތްގަނޑަކަށް 30 މިނެޓު ކުރިން އޭނާ ހައްޔަރު ކުރިކަމަށް އިތުބާރު ހުރި މަސްދަރުތަކާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓު ކުރި އެވެ.

މިކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން ފުލުހުން ބުނީ އަލީ ވަހީދު ހައްޔަރު ކުރިކަމުގެ އެއްވެސް މައުލޫމާތެއް ފުލުހުންނާއި ގުޅޭ އެއްވެސް އިދާރާއަކުން ހިއްސާކޮށްފައި ނުވާ ކަމަށެވެ. އަދި އެފަދަ މައުލޫމާތެއް ފުލުހުންނަށް ލިބިފައި ނުވާކަމަށް ބުންޏެވެ.

ޕްރެސްއަކަށް މީޑިއާތަކަށް ދައުވަތު ދީ އަލީ ވަހީދު ޓްވީޓެއް ކުރުމުގެ ކުރިން، އޭނާގެ ގާނޫނީ ވަކީލުން ބަޔާނެއް ވެސް އާއްމު ކުރި އެވެ. އެ ބާޔާނުގައި ވަނީ އަލީ ވަހީދާއި މެދު އަމަލު ކުރަމުން ދަނީ ބޭއިންސާފާއި އަނިޔާވެރިކާމާއި އެކު ކަމަށެވެ. އެއްވެސް ތަހުގީގު ކުރުމެއް، އަދި ސުވާލު ކުރުމެއް ވެސް ނެތި އަލީ ވަހީދު މަގާމުން ވަކިކުރި އިރު ކުރާ ތުހުމަތުތައް ވެސް ސާފުކޮށްދީފައި ނުވާކަމަށް އެ ބަޔާނުގައި ވެއެވެ.

މިއީ ސިޔާސީ މަގްސަދެއް ހާސިލް ކުރުންގެ ގޮތުގައި ސިފަކޮށް، އެ ބަޔާނުގައި ބުނެފައިވަނީ ދައުވާ ސާބިތުވާނެ އެއްވެސް އުންސުރެއް ދައުލަތަށް ދެއްކިފައި ނުވާކަމަށެވެ. އޭގެ ތެރޭގައި ކުށް ކުރިކަމަށް ބުނާ ތާރީހާއި، ވަގުތުތައް އަދި އެ ކުށް ހިންގި ގޮތެއް ވެސް ދައުލަތަށް ބުނެ ނުދެވޭކަމަށް ބަޔާނުގައި ވެއެވެ. ފާއިތުވެދިޔަ އެއް އަހަރު ދުވަހު ދައުލަތުން އަލީ ވަހީދު ފްރޭމް ކުރުމަށް އެތައް މަސައްކަތެއްކޮށްފައިވާކަމަށް ވަކީލުންގެ ބަޔާނުގައި ވެއެވެ.

ވަކީލުން ބުނެފައިވާ ގޮތުން ގޮތުން، މިއީ މިހާ ބޭއިންސާފުން ރާއްޖޭގައި މީހަކާއި މެދު އަމަލު ކުރި ފުރަތަމަ ފަހެރެވެ. އަލީ ވަހީދުގެ އަގު ވައްޓާލުމުގެ ނިޔަތުގައި، ޕީޖީ އޮފީހުން މީޑިއާތަކަށް ދެމުންދަނީ ދޮގު މައުލޫމާތުތަކެއްގެ ގޮތުގައި ތުހުމަތުކޮށް ވަކީލުން ބުނެފައިވަނީ މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދުގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާފައިވަނީ މައްސަލައަށް ނުފޫޒުތަކެއް ފޯރުވުމަށް ކަމަށެވެ.

ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ ހިމެނޭހެން ހަތް ދައުވާއެއް އުފުލާފައިވާ އަލީ ވަހީދުގެ މައްޗަށް މިނިސްޓްރީގެ 13 މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތު ކުރެވެ އެވެ. އޭނާ މަގާމުން ވަކި ކުރީ އެ މުވައްޒަފުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކޮށް، އެކަމުގެ ޝަކުވާ ހުށަހެޅުމުންނެވެ.

މައްސަލަ ތަހުގީގުކޮށް، ކޯޓު މަރުހަލާ ފަށާފައިވަނިކޮށް އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިގެން ދިޔައީ ބޭސްފަރުވާއަށް ކަމަށް ބުނެ އެވެ. ބޭނުން ގައުމަށް ދިއުމަށް ފުރުސަތު ދިނުމުން އަލީ ވަހީދު އެންމެ ފުރަތަމަ އެތެރެވީ ތުރުކީ އަށެވެ. އަދި އިނގިރޭސިވިލާތަށް ވަޑައިގެން އިތުރު ސާޖަރީތަކެއް ކުރަންޖެހޭކަމަށް ބުނެ ހުށަހެޅުމުން ކޯޓުން އޭނާއަށް އެ މުއްދަތު ދިނެވެ. އަދި މައްސަލައިގެ ޝަރީއަތްތައް އޮންލައިންކޮށް ކުރިޔަށް ގެންދަން ނިންމި އެވެ. އެ ނިންމުމާއި މެދު ހިތްހަމަނުޖެހި ދައުލަތުން މައްސަލަ ހިފައިގެން ހައިކޯޓަށް ދިއުމުން މައްސަލަ ބޭރުކޮށްލި އެވެ.

އެއަށް ފަހު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުން، އެ ކޯޓުން މައްސަލަ ބަލައިގަނެ އަލީ ވަހީދަށް ޗިޓު ފޮނުވި އެވެ. ޝަރީއަތަށް އަލީ ވަހީދު ހާޒިރުވެފައި ނުވާތީ ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށުގައި އޭނާގެ މައްޗަށް 2 މަހާއި ބާރަ ދުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 67%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: