ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްތިއުނާފް ނުނިމެނިސް ޖޫރިމަނާ ނުކުރެވޭނެ: ވަކީލުން

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމާއި، އެމަނިކުފާނުގެ ގާނޫނީ ވަކީލް ޑރ. ޖަމީލް އަދި ވަކީލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖޫރިމަނާގެ ގޮތުގައި މީރާއަށް ދައްކަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގެ އިސްތިއުނާފް މަރުހަލާގައި އޮތްއިރު އެ ފައިސާ ހޯދަން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން އެމަނިކުފާނުގެ ވަކީލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރައީސް ޔާމީންގެ މައްޗަށް މަނިލޯންޑްރިންގެ ކުށް ސާބިތުވެ 5 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު 5،000،000 އެމެރިކާ ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ މަދުވެގެން 6 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 28 ނޮވެންބަރު 2019 ގައެވެ.

އެހެންނަމަވެސް މިހާތަނަށްވެސް ރައީސް ޔާމީން އެ ފައިސާ ދައްކަވާފައެއްނުވެއެވެ. އެ މައްސަލާގައި ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ވަނީ އެ ފައިސާ ހޯދަން ސިވިލް ކޯޓަށް ދިޔުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ.

ރައީސް ޔާމީންގެ ވަކީލުން ނެރުއްވި ބަޔާނުގައި ވިދާޅުވީ ޖޫރިމަނާގެ މައްސަލަ ސުޕްރީމް ކޯޓްގައި އިސްތިއުނާފުކޮށްފައިވާ ކަމަށާ އަދި އެކަން މީރާ އާއި ދައުލަތުގެ އެހެން އިދާރާތަކަށް ލިޔުމުން އަންގާފައިވާނެ ކަމަށެވެ. އަދި ކްރިމިނަލް ކޯޓްގެ ނިންމުން ބާތިލުކޮށް ދިނުމަށް އެދި އެ މައްސަލަ ސުޕްރީމް ކޯޓްގައި އިސްތިއުނާފުކޮށް މައްސަލަ ބަލައިގަނެ ރަޖިސްޓްރީކޮށްދީފައިވާއިރު އަދި ކްރިމިނަލް ކޯޓްގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށްވެސް އެ ކޯޓްގައި ރައީސް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގެންފައިވާ ކަމަށެވެ.

އެހެން ކަމުން ސުޕްރީމް ކޯޓުން ފައިސަލާކޮށް ހުކުމެއް ނެރޭއިރު ދަށު ކޯޓްގެ ހުކުމް ބާތިލުކުރުމުގެ ފުުރުސަތު އޮތުމުން ދަށު ކޯޓްގެ ހުކުމްގެ ޖޫރިމަނާ ބައި ތަންފީޒުކުރުމަށް ދައުލަތުން މަސައްކަތް ކުރުމަކީ ރައީސް ޔާމީނަށް ގާނޫނު އަސާސީގެ 56 ވަނަ މާއްދާގެ ދަށުން ލިބިވަޑައިގަންނަވާ އިސްތިއުނާފުގެ ހައްގަށް ދައުލަތުން ހުރަސް އެޅުން ކަމަށް ދެކޭ ކަމަށެވެ.

“އަދި މިއީ މިވަގުތު ގައުމުގައި ހުރި ބޮޑެތި މައްސަލަތަކުގެ ފޯކަސް ބަދަލުކޮށް ސަރުކާރުގެ އިސް ފަރާތްތަކުގެ މައްޗަށް ތުހުމަތު ކުރެވޭ ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތައް އޮއްބާލުމުގެ ބޭނުމުގައި ދެބޯގެރި ދުއްވުމުގެ ގޮތުން ދައުލަތުގެ ވަސީލަތްތަކާއި ބާރުތައް ބޭނުންކޮށްގެން ހިންގާ ވަރަށް ފިނޑި އަމަލެކެވެ. އަދި ބަންޑާރަ ނާއިބުގެ މި ނިންމެވުމަކީ ގާނޫނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްވުރެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ޒާތީ ގޮތުން ދިމާކޮށް ފުރައްސާރަ ކުރުމުގެ ގޮތުން ހިންގާ ވަަރަށް ވިޔާނުދާ އަދި އެކަމުގައި އެއްވެސް ގާނޫނީ ހުއްޖަތެއް ނެތް އަމަލެއް ކަމުގައި ދަންނަވަމެވެ،” ވަކީލުންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: