ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

16.7 ކިލޯގެ ޑްރަގްސް އެތެރެކުރި މީހާގެ ބަންދަށް 15 ދުވަސް

ޝެއާރކޮށްލާ ކަހަލަދޯ؟

ބްރެޒިލް އިން ރާއްޖެއަށް 16.72 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި މި މަހުގެ 18 ވަނަ ދުވަހު ރާއްޖެ އައި އުމުރުން 29 އަހަރުގެ ބްރެޒިން އަންހެނެއްގެ އަމަލުތައް ހުރިގޮތުން އެމީހާއާއި މެދު ޝައްކުކުރެވިގެން އޭނާގެ ލަގެޖް ކަސްޓަމްސްއިން ބަލައި ފާސްކުރިއިރު ލަގެޖުގެ ތެރެއިން 16.72 ކިލޯގެ ކޮކެއިން ފެނިފައުވާ ކަމަށެވެ.

އޭނާގެ ބަންދު ޖެހުމަށް އިއްޔަ ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.

އޭނާ ބަންދުގައި ބެހެއްޓި ސަަބަބެއްގެ ގޮތުގައި ބުނެފައިވަނީ އޭނާގެ އަތުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 16 ކިލޯ އަށްވުރެއް ގިނަ އަދަދަކަށް މަސްތުވާތަކެތި ފެނިފައިވާކަމަށާއި، މިތަކެތި ހަވާލުވާނެ ފަރާތެއް ނެތްކަމަށް ވާތީ މިއީ ވިޔަފާރި ކުރުމުގެ ބޭނުމުގައި ރާއްޖެ އެތެރެކުރި އެއްޗެހި ކަމަށް ބެލެވޭ ކަމަށާއި، މީނާ ބަންދުން ދޫކޮށްލައިފިނަމަ ފިލާފާނެކަމަށް އަދި މުޖުތަމައުގެ ސަލަމާތަށް ނުރައްވެދާނެކަމަށް ފެންނަކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: