ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގެ ގުޅިފައިވާ ރަށްތައް މޮނިޓަރިންއަށް، ކާފިއު ވެސް ހިންގަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތައް މޮނިޓަރިންއަށް ލައިފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާގޮތުގައި މޮނިޓަރިން އަށް ލާފައިވާ 25 ރަށުގެ ތެރޭގައި ސ. ހިތަދޫ، މަރަދޫ، ފޭދޫ، އަދި މަރަދޫ ފޭދޫ ވެސް ވަނީ ހިމަނާފައެވެ. މިއާއެކު މި ހަތަރު އަވަށް ތެރޭގައި ވެސް އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތައް މޮނިޓަރިން އަށް ލާފައިމިވަނީ އެ ރަށްތަކުގައި ކޮވިޑް-19 ފެތުރެމުންގޮސް ކޭސްތައް އިތުރުވާން ފެށުމުންނެވެ. އެހެންކަމުން އައްޑޫ ސިޓީގައި ރޭގަނޑު 9 އިން ފެށިގެން ފަތިހު ހަތަރަކަށް ކާފިއު ހިންގުމަށް މިހާރު ވަނީ ނިންމާފައެވެ.

އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ކާފިއު ވަގުތުގައި ފިހާރަތަކާއި، ކެފޭ ރެސްޓޯރެންޓުތަކާއި ގާޑިޔާތަކުން ހިދުމަތް ދިނުން މަނާވާނެ ކަމަށާއި ނަމަވެސް ހާއްސަ ހުއްދަތަކެއް ލިބިގެން ރޭގަނޑު 12 ޖަހަންދެން ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށެވެ.

ކާފިއު ހިންގުމުގެ އިތުރުން އައްޑޫގެ ސްކޫލްތައް ދެ ހަފްތާ އަށް ބަންދުކުރުމަށް ވެސް ވަނީ ނިންމާފައެވެ. އަދި ޕާޓީތަކާއި ޖަލްސާތައް ވެސް މި ދުވަސްވަރު ބޭއްވުން ވަނީ މަނާކޮށްފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: