ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސް ފެންގަނޑަށް ވެއްޓި މަރުވި ކުއްޖާގެ މައްސަލަ ފުލުހުންނާއި ޖެންޑާއިން ބަލަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

އދ. އޮމަދޫގައި ކުޑަކުއްޖަކު ފަސް ފެން ގަނޑަކަށް ވެއްޓި މަރުވި މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ތަހުގީގު ކުރަން ފަށައިފި އެވެ.

އޮމަދޫ ގެއެއްގެ ތެރޭގައި ހަދާފައި ހުރި މަސް ފެންގަނޑަކަށް 11 މަހުގެ ފިރިހެން ކުއްޖަކު ވެއްޓި އިއްޔެ ވަނީ މަރުވެފައެވެ. އާއިލާއަށް އެ ކުއްޖާ ފެނުނީ މަސް ފެންގަނޑު ތެރޭގައި އޮއްވައި ކަމަށް މައުލޫމާތު ލިބެއެވެ.

މިކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ އެ ހާދިސާ އެ އަތޮޅުގައި ހުންނަ ޖެންޑާގެ އޮފީހުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެކަން ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ޖެންޑާއިންވެސް ބުންޏެވެ.

މިނިސްޓްރީން ބުނީ މިފަދަ ދަނޑިވަޅެއްގައި ހުރިހާ ފަރާތްތަކުން އާއިލާގެ ކަރާމާތަށް އިހުތިރާމް ކޮށްދިނުމަށް އެދޭ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އެ އިދާރާއިން ބަލަމުންދާ ކަމަށެވެ. އެކަމަކު އިތުރު ތަފްސީލް ހާމައެއް ނުކުރެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: