ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަނޑިޔާރުންގެ ލީކުވި އޯޑިއޯއަކީ، ބަޔަކަށް ފައިސާ ދީ އިދިކޮޅުން އުފެއްދި އެއްޗެއް: ދޮންބިލޭ

ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް، ދޮންބިލޭ: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުގެ ހުކުމް އިއްވި ގާޒީންގެ އޯޑިއޯތަކަކީ، ބަޔަކަށް ފައިސާ ދީގެން އުފައްދައިގެން އުޅޭ ވާހަކަތަކެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލަތް) ވިދާޅުވެއްޖެއެވެ.

ވެރިކަމުގައި ހުންނަވައިގެން މަނީ ލޯންޑާރ ކުރެއްވިކަމުގެ ކުށުގައި ދަށު ކޯޓުގައި މައްސަލަ ބެއްލެވި ބެންޗުގައި ފަސް ގާޒީން ހިމެނެ އެވެ. އޭގެ ތެރެއިން ބެންޗުގައި ހިމެނިވަޑައިގަންނަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު އާއި، ގާޒީ މުހައްމަދު ސަމީރު އާއި، ގާޒީ އަލީ އާދަމްގެ އަޑު ހިމެނޭ ވަކި ވަކި ތިން އޯޑިއެއް ވަނީ ލީކުވެފަ އެވެ. އެ އޯޑިއޯތަކުގައި ގާޒީން ވަނީ ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމަކީ އެއީ ސިޔާސީ ނުފޫޒެެއްކަން ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވާފަ އެވެ.

ސިޔާސީ މީހުންގެ މައްސަލަތައް ބެލުމަކީ އެއީ ވަރަށް ފާޑެއްގެ ކަމެއްގެ ގޮތުގައި ސިފަކޮށް އޭގެއިން އެއް އޯޑިއޯއެއްގައި ހިމެނޭ ފާނޑިޔާރު ފާއިޒް ވަނީ ރައީސް ޔާމީނަށް ހުކުމް އިއްވީ ގާޒީން ރަހީނުކޮށްގެންކަމަށް ވިދާޅުވެފަ އެވެ. އޭގެ ފަހަތުން ގާޒީ ފާއިޒް  ފާއިޒް ވިދާޅުވަނީ ރަހީނު ކުރެވޭނެ ބައިވަރު ގޮތްތައް ހުންނަ ކަމަށެވެ. އެގޮތުން ސީދާ އޭނާ ރަހީނު ނުކުރި ނަމަވެސް އެ މީހެއްގެ އަނބިމީހާ ނުވަތަ ގާތް މީހަކު ރަހީނުކޮށްގެން ވެސް އަމަލެއް ހިންގިދާނެ ކަމަށް އެ ރިކޯޑިންގައި އޭނާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މައްސަލަ ބެއްލެވި ބެންޗްގައި ހިމެނިވަޑައިގެންނެވި ގާޒީ އަލީ އާދަމް ވަނީ، އޭނާއަށް މަގާމުގެ ކުރިއެރުން ދޭނެކަމަށް ބުނެ އަލީ ރަޝީދަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ދީފައިވާތީ އެކަމާ ޝަކުވާކޮށްފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި ދެ މައްސަލައެއް ހުށަހަޅުއްވާފައިވެއެވެ. އެއީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި ގާޒީންގެ އޯޑިއޯ ލީކުވި މައްސަލައާއި މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުށަހެޅުއްވި ރަސްފަރި ފަރަށް ބިޔަ އާގު ބޯޓެއް އެރި މައްސަލައާ ގުޅޭ ކުއްލި މައްސަލައެވެ.

މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތުން އެއް ޖަލްސާއެއްގައި ދެ ކުއްލި މައްސަލައެއް ހުށަހެޅިއްޖެނަމަ ބަހުސަށް ހުޅުވާލާނީ ގުރުއަތުން ހޮވޭ މައްސަލައަކަށެވެ. ގުރު ލައިގެން މިއަދުގެ ޖަލްސާއަށް ހުށަހަޅަން ހޮވުނީ ރާއީގެ މައްސަލައެވެ. ރައީގެ މައްސަލައަށް ބަހުސް ހުޅުވާލަން ފާސްކުރީ 35 މެންބަރުންގެ ވޯޓުންނެވެ.

ދޮންބިލޭ ވިދާޅުވީ މެމްބަރުންގެ ނަން އިއްވައި ތަޅުމުން ނެރެގެން ވިޔަސް ޖަލްސާ ކުރިޔަށް ގެންދަންޖެހޭކަމަށެވެ. މިއީ އެއްވެސް ހާލަތެއްގައި މަޖިލީހާއި ގުޅުން ހުރި މައްސަލައެއް ނޫންކަމަށް ވިދާޅުވެ، ދޮންބިލޭ ވަނީ މަޖިލީސް ކުރިޔަށް ގެންދިއުމުގައި އެއްވެސް ހުރަހެއް އޮވެގެން ނުވާނެކަމަށް ވިދާޅުވެފަ އެވެ.

“އިއްޒަތްތެރި ރައީސް ނަން އިއްވާފައި ނަމަވެސް، އަޅުގަނޑުމެން ޖަލްސާ ކުރިޔަށް ގެންދަން ޖެހޭނެ.. މިއީ އެއްގޮތަކަށް ވެސް ނިޒާމާއި ބެހޭ މައްސަލައެއް ނޫން… ބަޔަކަށް ލާރި ދީގެން އޯޑިއޯއެއް ނެރުނުކަމުގައި ވިޔަސް މިއީ މި މަޖިލީހުގެ ނިޒާމާއި ގުޅުން ހުރި މައްސަލައެއް ނޫން” ދޮން ބިލޭ

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅުން އިހުތިޖާޖު ކުރަމުން ގެންދިޔައިރު ދޮންބިލޭ ވަނީ މިއީ ފައިސާ ދީގެން ބަޔަކު އާއްމުކޮށްގެން އުޅޭ އޯޑިއޯއެއްގެ ގޮތުގައި ވިދާޅުވެފަ އެވެ.

މަޖިލީސް ހުއްޓުވުމަށް މަސައްކަތް ކުރުން ބެލެވޭނީ ނިޒާމީ މައްސަލައެއްގެ ގޮތުގައިކަން ފާހަގަކޮށް ދޮންބިލޭ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ކުރިޔަށް ދަނީ ވަރަށް މުހިންމު ބަހުސްއެއް ކަމަށެވެ. ގައުމުގެ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ވާތީ ކުއްލި މައްސަލައެއް ހުށަހެޅިފައި ވަނިކޮށް، އިދިކޮޅުގެ މެމްބަރުން އެ ބިލަށް ބަހުސް ކުރުމުގެ ބަދަލުގައި އެހެންކަންކަމަށް ވަގުތު ނަގަލުމަކީ ކަންބޮޑުވުމެއްކަމަށް އޭނާ ވިދާޅުވި އެވެ.

“މަކުނުދޫ ދާއިރާގެ މެމްބަރު ހުށަހެޅީ ވަރަށް މުހިންމު މައްސަލައެއް… އަޅުގަނޑުމެންގެ ވަރަށް މުހިންމު ފަރަކަށް މި އޮތީ ވަރަށް ބޮޑު ބޯޓެއް އަރާފަ… އަޅުގަނޑުމެން ބޭނުންވޭ މިއަށް ބަހުސް ކުރަން… ރޭ ހަތަރު ދަމު، މީހަކަށް ފައިސާ ދީގެން ކާކުކަން ނޭނގޭ މީހެއްގެ އޯޑިއޯއެއް ރެކޯޑުކޮށް ގެނެސްގެން މި އުޅެނީ” ދޮންބިލޭ

ދޮންބިލޭ ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ބޭފުޅެއްގެ ވީޑިއޯއެއް ލީކުވުމުން ވެސް އެއީ އެޑިޓެއްކަމަށް ބުނެ ބައެއް މީހުން ވާހަކަ ދެއްކިކަމަށެވެ. އަދި އޭނާއާއި ވައްތަރު މީހެއްގެ ގޮތުގައި އޭރު ސަރުކާރުގައި އޮވެ، ޕީޕީއެމުން ނިންމި ކަމަށެވެ.

ނިޒާމީ ނުކުތާއެއްގެ ގޮތުގައި ދޮންބިލޭ ދެއްކެވި ވާހަކައަށް މަޖިލީހުގެ ރިޔާސަތުގައި އިންނެވި ވިލުފުށޫ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ ޝަރީއަތުން ނިންމާފައިވާ މައްސަލަތަކަކީ އެއީ މަޖިލީހުގެ ނިޒާމާއި ގުޅުން ހުރި މައްސަލައެއް ނޫން ކަމަށެވެ. އަދި އެކަންކަން ކުރިޔަށް ގެންދާނެ ގޮތް ރާއްޖޭގެ ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: