ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްވެސް ހުރަހެއް ނެތި އިދިކޮޅު މެމްބަރުންނަށް ރައީސް އޮފީހަށް ދެވުމަމީ ވަރަށް ބޮޑު ހެވެއް: ވައްޑެ

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްވެސް ހުރަހެއްނެތި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އިދިކޮޅު މެމްބަރުންނަށް މިހާރު ދެވޭކަމީ ވަރަށް ބޮޑު ހެވެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު(ވައްޑެ) ވިދާޅުވެއްޖެއެވެ.

ވައްޑެ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ޕީޕީއެމް/ ޕީއެންސީއަށް ނިސްބަތްވާ މެމްބަރުން ރައީސް އޮފީހަށް މިއަދު ދިއުމާ ގުޅިގެންނެވެ.

އިދިކޮޅުން ބުނީ މެމްބަރުން ރައީސް އޮފީހަށް ގޮސްފައިވަނީ ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމަށް ރައީސް އޮފީހުން ނުފޫޒު ފޯރުވާފައިވާތީ އެކަމާ ދެކޮޅަށް ކުރާ އިހުތިޖާޖުގެ ތެރެއިން ކަމަށެވެ.

މިކަމާ ގުޅިގެން ވައްޑެ ވިދާޅުވީ ހުރަސް ކުރިމަތިނުވެ އިދިކޮޅު ބޭފުޅުންނަށް ރައީސް އޮފީހާ ހަމައަށްވެސް މިހާރު ވަދެވޭ ކަމީ ވަރަށް ބޮޑު ހެވެއް ކަމަށެވެ.

އިދިކޮޅު މެމްބަރުން އިހުތިޖާޖް ކުރަމުން އަންނަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އޯޑިއޯތަކެއް ލީކް ވެފައިވާތީއެވެ. އިހުތިޖާޖާ ގުޅިގެން އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ވަނީ ތަކުރާރުކޮށް ނިޒާމީ މައްސަލަ ނަގާ އެ މެމްބަަރުންގެ ނަން އިއްވައިގެން ނަމަވެސް މަޖިލިސް ކުރިއަށް ގެންދިއުމަށް އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: