ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވާނުވާ ބަންދުގައި ތިބި މީހުންގެ މައްސަލަ ހައްލެއްނުވި، އާ ގޮތްތަކެއް ހޯދަންޖެހޭ: ޕީޖީ

ޕްރޮސެކިޔުޓަރ ޖެނެރަލް ހުސެއިން ޝަމީމް
ޝެއާރކޮށްލާ ކަހަލަދޯ؟

މައްސަލަ ކުރިއަށް ނުގެންދެވި، ހުކުމެއް ނައިސް ވާނުވާ ބަންދުގައި ތިބި މީހުންގެ މައްސަލަތައް ހައްލުކުރުމަށް ކުރި މަސައްކަތްތަކުގެ ކަމެއް ހާސިލްވެފައިނުވާކަން ގަބޫލުކުރަންޖެހޭ ކަމަށް ޕްރޮސެކިޔުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޖުޑިޝަރީ ކޮމެޓީއަށް ހާޒިރުވެވަޑައިގެން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެެއްވަމުން، ޕީޖީ ޝަމީމް ވިދާޅުވީ ޖިނާއީ ބޮޑެތި މައްސަލަތައް ނުނިމި ކޯޓުތަކުގައި ގިނަ ދުވަސްވެގެންދިޔުމަކީ ބޮޑު މައްސަލައެއް ކަމަށެވެ. މިވަގުތުވެސް ވާނުވާ ޖަހާފައި ބަންދުގައި 376 މީހުން އެބަތިބިކަމަށް ޝަމީމް ވިދާޅުވިއެވެ. އެމީހުން ތިބި ތަންތަނާއި އެމީހުން ތިބި ހާލަތު ވަރަށް ރަނގަޅަށް އެނގިލައްވާކަމަށް ވިދާޅުވިއެވެ.

މިކަން ހައްލުކުރުމަށް ތަފާތު އެކި މައްސަލަތައް ތަފާތު އެކި ގޮތްގޮތަށް ކުރެވިފައިވާކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ވަރަށް އަވަހަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނާއި ބައްދަލުކޮށް މިކަމަށް ހައްލު ގެންނާނެ ގޮތަކާއި ގުޅޭގޮތުން މަޝްވަރާކުރެވޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ. ދާދި ފަހުންވެސް ބަންޑާރަ ނައިބާއި ހޯމް މިނިސްޓަރާއި ބައްދަލުކޮށްފައިވާކަމަށާއި މިހާތަނަށް އައިއިރު މިކުރި މަސައްކަތްތަކުން އެދެވޭ ކާމިޔާބެއް ލިބިފައިނުވާ ކަމަށް ޝަމީމް ވިދާޅުވިއެވެ. އެކަން ގަބޫލުކުރަން ޖެހޭ ކަމަށާއި މިމައްސަލައަށް ހައްލެއް ހޯދުމަށް އާ ގޮތްތަކެއް ހޯދަންޖެހޭކަމަށް ޝަމީމް ވިދާޅުވިއެވެ.

ވާނުވާ މައްސަލަތައް ފުނިޖެހުން މަދުކުރުމަށްޓަކައި ކުރިއަށް އޮތްތަނުގައި ކުރުމަށްހުރީ ކޮންކޮން ކަންތައްތަކެއްތޯ ކޮމެޓީގެ މެމްބަރުން ސުވާލުކުރުމުން ޕީޖީ ވިދާޅުވީ ކުރިއަށް ކުރަން ހުރި ކަންކަމަކީ ހަމައެކަނި ޕީޖީ އޮފީހުން ކުރަން ހުރި މަސައްކަތްތަކެއް ނޫންކަމެވެ. ކޯޓުތަކުގެ އިދާރީ ކަންކަމާއި ގުޅޭ މަސައްކަތްތަކާއި ޖުޑީޝަލް ސާވިސް ކޮމިޝަނާއި ގުޅުންހުރި މަސައްކަތްތައްވެސް ހުންނާނެކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ. އެކަންކަމުގެ ތަފްސީލް ހިއްސާކުރުމުގެ ކުރިން ކަމާއި ގުޅުންހުރި ދާއިރާތަކުގެ ބޭފުޅުންނާއި މަޝްވަރާކުރަންޖެހޭކަން ޝަމީމް ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ކުރެވޭ މަސައްކަތްތަކުން ނަތީޖާއެއް ހާސިލްކުރެވިދާނެކަމަށް ގަބޫލުކުރެވޭކަމަށް ޝަމީމް ވިދާޅުވިއެވެ

މިއަދު ބޭއްވި ޖުޑިޝަރީ ކޮމެޓިގެ ބައްދަލުވުމުގެ ތެރެއިން

ވާނުވާ ޖަހާ މައްސަލަތައް މަދުނުވެ އިތުރުވަމުންދާ ސަބަބާއި ގުޅޭގޮތުން ސުވާލުކުރުމުން ޕީޖީ ވިދާޅުވީ، މިވަގުތު ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ރިސޯސް މެނޭޖްކުރުމުގެ މައްސަލަތައް ކަމަށެވެ. ކޯޓުތަކަށްވެސް ދިމާވާ މައްސަލަތަކެއް ހުންނަކަމަށާއި ކޯޓެއްގައި މައްސަލައެއް ކުރިއަށް ގެންދެވޭނީ ވަރަށް ބައިވަރު ކަންކަން މެދުވެރިވެ ނުވަތަ ފުރިހަމަވެގެންކަމަށް ވިދާޅުވިއެވެ. އެހެންކަމުން މައްސަލަތައް ކުރިއަށް ގެންދިޔުމުގައި ޕްރޮސެކިޔުޓަރުން އެކަނި މެނޭޖްކުރުމުންވެސް ނުފުދޭ ކަމަށާއި ކޯޓުތަކުން ބަލަންޖެހޭ ކަންކަމުގެ ތެރޭގައި ދައުވާ ލިބޭ ފަރާތް ހާޒިރުވިތޯ، ހެކިންނާއި ދިފާއީ ވަކީލުންނާއި ދައުލަތުގެ ވަކީލުން ހާޒިރުވިތޯ ކޯޓުތަކުން ބަލަންޖެހޭ ކަމަށް ވިދާޅުވިއެވެ. ޖިނާއީ މައްސަލައެއް ކުރިއަށް ގެންިދޔުމަކީ އޭގެ ޒާތުގައި ވަރަށް ބޮޑުކަމެއްކަމެއް ކަމަށާއި މައްސަލަތައް ފުނިޖެހުމުގެ އެއް ސަބަބުގެ ގޮތުގައި މިކަން ޝަމީމް ފާހަގަކުރެއްވިއެވެ.

އިޖްރާއީ މައްސަލަތަކުގެ ތަފްސީލް ހިއްސާކުރައްވައި ޝަމީމް ވިދާޅުވީ، ކޮންމެ ހަ މަހަކުން ރައްޔިތުންގެ މަޖިލީހަށް މިކަމުގެ ތަފްސީލްތައް ބަޔާންކޮށް ރިޕޯޓެއް ފޮނުވާ ކަމަށެވެ. އެރިޕޯޓުގައި ފާއިތުވި ހަމަސް ދުވަހުގެ ތެރޭގައި ފާހަގަވިކަންކަން ބަޔާންކޮށްފައިވާނެ ކަމަށާއި އެންމެ ފަހުން ފޮނުވި ރިޕޯޓުގައި 10 ފުލުހެއްގެ މައްސަލަ އޭގައި ބަޔާންކޮށްފައިވާނެކަމަށް ޝަމީމް ވިދާޅުވިއެވެ. މިހާރު ގާއިމްކުރެވިފައިވާ ނިޒާމްގެ ތެރެެއިން އިޖްރާއީ ގޯސްތައް ހައްދަވާ ފުލުހުންނާއި އެމައްސަލަތަކުގެ ރިޕޯޓްތައް ފޮނުވަމުންދާކަމަށް ޝަމީމް ވިދާޅުވިއެވެ.

މީގެ އިތުރަށް ޝަމީމް ވިދާޅުވީ،  ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން އިޖްރާއީ ގޯސްތަކާއި ހުރެ ނިންމަމުންދާ މައްސަލަތައްވެސް ފާހަގަކުރަމުންދާ ކަމަށެވެ. އެގޮތުން މިމަހު ކްރިމިނަލް ކޯޓުން ނިންމި 32 މައްސަލައެއްގެ ތެރެއިން 2 މައްސަލައެއްގައި އިޖްރާއީ މައްސަލަތައް ހުރިކަން ފާހަގަކުރެވިފައިވާކަމަށެވެ. މިހާރު އެކުލަވާލާފައިވާ ނިޒާމްގެ ތެރެއިން މިކަންކަން ފާހަގަވާނެ ގޮތްތައް ހުންނަ ކަމަށާއި 32 މައްސަލައެއްގެ ތެރެއިން 2 މައްސަލައެއްގައި އިޖްރާއީ ގޯސްތައް ހުރުމަކީ ނިސްބަތުން ބަލާއިރު ކުޑަ އަދަދެއްކަމަށް ޝަމީމް ވިދާޅުވިއެވެ.

“ޕީޖީ އޮފީހުން މިވަގުތު މަސައްކަތްތައް ކުރިއަށްގެންދާ ގޮތާއިމެދު ހިތްހަމަޖެހޭ. އެހެންނަމަވެސް އާންމުކޮށް އަބަދުވެސް ފާހަގަވާ މައްސަލަތައް ހުރޭ. އެކަންކަން ހަރުދަނާކުރަންޖެހޭކަން ގަބޫލުކުރަން” ޕީޖީ ޝަމީމް

ބްލޮގަރ ޔާމީން ރަޝީދުގެ މައްސަލަ ވަކި ކޮޅެއްގައި ނުޖެހި ދިގުލައިގެން ދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ޕީޖީއަށް ފޮނުވާފައިވާ ސިޓީއަށް އިޝާރާތްކުރައްވާ ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝަމީމް ވިދާޅުވީ، އާންމު އުސޫލަކީ މައްސަލައަކާއި ގުޅޭގޮތުން ކަންބޮޑުވުމެއް އޮތްނަމަ ނުވަތަ ޝަކުވާއާއެކު ސިޓީއެއް ހުށައަޅައިފިނަމަ އެކަމާއި ގުޅޭގޮތުން ފިޔަވަޅެއް އެޅުން ކަމަށެވެ. އާންމު އުސޫލެއްގެ މަތިން އެމައްސަލައެއް އަވަސްކޮށްދިނުން އެދި ކޯޓަށް ހުށައަޅާނެކަމަށް ޝަމީމް ވިދާޅުވިއެވެ.

ވާނުވާ ޖަހާ ބަންދުގައި ތިބި ގައިދީންގެ އަދަދުތަކާއިމެދު ޝަމީމް އަންނަނީ އަބަދުވެސް ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިސަރުކާރު ވެރިކަމަށް އައިއިރު އަދުލު އިންސާފު ގާއިމްކުރުމަށް ވީވައުދުގެ ދަށުންވެސް އެންމެ ގިނައިން ދައްކަމުންދިޔަ ވާހަކައަކީވެސް ވާނުވާގައި ތިބި ގައިދީންގެ މައްސަލަތަކަށް ގޮތެއް ހޯދައިދިނުމެވެ.

ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ފަހު ކޮންމެ 30 ދުވަހަކުން އެ މީހެއްގެ ބަންދު ރިވިއު ކުރަންޖެހޭނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ވަނީ ކަނޑައަޅާފައެވެ. އެހެން ނަމަވެސް ކުށެއްގެ ތުހުމަތުގެ ބަންދުގައި ހުރި އެ މީހާގެ ބަންދު ރިވިއު ނުކުރުމުން ދެން ވާނެ ގޮތެއް އެ ޤާނޫނުގައި ބަޔާންކޮށްފައި ނެތެވެ. ގާނޫނުގައި އެގޮތަށް ބަޔާންކޮށްފައި ވީ ނަމަވެސް، ޝަރީއަތްތައް ނިންމާ ހުކުމް ކުރަންޖެހޭ 30 ދުވަހުގެ މުއްދަތު ފާއިތުވާއިރު ވެސް ހުކުމް ނުކޮށް ހުންނަ މައްސަލަތައް މަދެއް ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: