ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލީކުވި އޯޑިޔޯތަކުގެ މައްސަލަ ބަލައިދިނުމަށް ހުށައެޅި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

މައްސަލަ މަޖިލީހަށް ހުށައެޅުއްވި އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ލީކުވި އޯޑިޔޯތަކުގެ މައްސަލަ ބަލައިދިނުމަށް ހުށައެޅި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

ރައީސް އަބަދުﷲ ޔާމީނަށް ކުރި ހުކުމަކީ ނުފޫޒު ފޯރުވައިގެން ކުރި ހުކުމެއްކަމަށް ތިން ފަނޑިޔާރަކު ބުނާ އޯޑިޔޯއެއް ވަނީ ލީކުވެފައެވެ. މިމައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި އިއްޔެވެސް މަޖިލީހަށް ހުށައެޅިއިރު އިއްޔެ މިމައްސަލަ މަޖިލީހުގައި ކުރިއަށް ގެންދެވިފައިނުވަނީ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ އިތުރު ކުއްލި މައްސަލައެއްވެސް ހުށައަޅާފައި އޮތުމާއެކު ނެގި ގުރުއަތުން ރާއީގެ ކުއްލި މައްސަލަ ހޮވުމުންނެވެ.

މަޑުއްވަރީ ދާއިރާގެ އާދަމް ޝަރީފް އުމަރު ކުއްލި މައްސަލަ ހުށައެޅުއްވުމުން މައްސަލަ ކުރިއަށް ގެންދިޔުމަށް ފެނޭތޯ ނެގި ވޯޓުގައި މައްސަލަ ކުރިއަށް ގެންދިޔުމަށް ފެންނަކަމަށް ވޯޓު ދެއްވާފައިވަނީ 7 މެމްބަރުންނެވެ. ނުފެންނަ ކަމަށް 20 މެމްބަރަކު ވޯޓު ދެއްވާފައިވެއެވެ. މައްސަލަ ކުރިއަށް ގެންދިޔުމަށް މަދުވެގެން 14 މެމްބަރުންގެ ވޯޓު ބޭނުންވެއެވެ.

އިއްޔެވެސް މިމައްސަލަ ކުރިއަށްގެންދެވިފައިނުވާތީ މަޖިލީހުގައި އިދިކޮޅުން ވަނީ އިހުތިޖާޖްކޮށްފައެވެ. އަދި އެއަށްފަހު ރައީސް ގެ އިސްތިއުފާއަށް ގޮވާލުމަށް ރައީސް އޮފީހަށްވެސް އިދިކޮޅުގެ މެމްބަރުން ވަޑައިގެންފައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: