ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ލީޑަރާއި ބައްދަލުކުރެއްވުމަށް ދިޔުމުން ބަދަލުގައި ބައްދަލުކުރީ އަދާލަތުގެ ބޭފުޅެއް: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އެންމެ އިސް ލީޑަރާއި ބައްދަލުކުރުމަށް ރައީސް އޮފީހަށް ދިޔުމުން ބައްދަލުވީ އަދާލަތު ޕާޓީގެ ބޭފުޅަކާއިކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ޝިޔާމް ވިދާޅުވީ ގައުމުގެ ދުވަސްތައް އަނދިރިވަމުންދާ މިންވަރު ފެންނަމުންދާ ކަމަށެވެ. އަދި ކޮންމެ ދުވަހަކުވެސް އަދުލު އިންސާފް ގާއިމްކުރެވިފައިނުވާތީ ކުރިމަތިވާ އެތައް ކަމެއް ފެންނަމުންދާކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، އެމްޑީޕީގެ ވެރިކަމެއްގައި ދިވެހިރާއްޖެއަށް އަދި ދިވެހި ރައްޔިތަކަށްވެސް ހާސިލްވީ ކަމެއް ނެތްކަމަށެވެ. ދިވެހިރާއްޖެ އިތުރަށް ތަރައްގީކުރުމަށް ނުވަތަ ދިވެހި ބިން ރައްކާތެރިކުރުމަށްޓަކައ އެމްޑީޕީގެ އެންމެ އިސް ލީޑަރުކަމަށް ދައުވާކުރާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރެވުނީ ކޮން ކަމެއްތޯ ސުވާލު އުފެދޭކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ދިވެހިންގެ ބިން އަޅުވެތިކަމެއްގެ ތެރެއަށް ގެންދިޔުމަށްޓަކައި ކުރަމުންދާ ކަންތައްތަކާއި ގުޅޭގޮތުން އާންމުން ސުވާލު އުފައްދަން ޖެހޭކަމަށް ޝިޔާމް ވިދާޅުވިއެވެ.

“ދިވެހި ރައްޔިތުންނަށް ޚާއްސަކޮށް އަތޮޅު ތެރޭގެ ރައްޔިތުންނަށް ވަރަށް ރީތި މަންޒަރެއް ދެއްކުަމށްފަހު ވަޑައިގެންނެވި ބޭފުޅެއް މިއަދު ވެރިކަމުގައި ހުރީ. ރަށްތަކުގެ އިހްތިސާސް ކަނޑައަޅުއްވައި ދޭނަމޭ، ރަށްތަކުގެ ނަފާ ސީދާ ރައްޔިތުންނަށް ލިބޭނެ ގޮތް ހަދައިދޭނެކަމަށް ވިދާޅުވި ބޭފުޅަކު މިއަދު ވެރިކަމުގައި ހުރީ. އަޅުގަނޑަކަށް ނޭންގެ ކޮން ޕާޓީއެއްގެ ބޭފުޅެއްކަމެއް.” ޝިޔާމް

ވެރިކަމުގައި ހުންނެވީ ކޮން ޕާޓީއެއްގެ ބޭފުޅެއްކަން ނޭންގޭ ކަމަށް ވިދާޅުވެ ޝިޔާމް ވަނީ އިއްޔެ ރައީސާއި ބައްދަލުކުރެއްވުމަށް ދިޔުމުން ބައްދަލުވެފައިވަނީ އަދާލަތު ޕާޓީގެ ބޭފުޅަކާއި ކަމަށް ވިދާޅުވެފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ އަދާލަތު ޕާޓީގެ ބޭފުޅެއްކަމަށް ހީވާ ފަހަރު އަންނަކަމަށް ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އަދި އެވާހަކަތަކާއި ގުޅިެގން ދެވަނަ ފަހަރަށް އެފަދަ ކަމެއް ތަކުރާރު ނުވާނެ ފަދަ ގޮތަކަށް މައްސަލަ ބަލައިދިނުމަށް ރައީސް ވަނީ އަންގަވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި އަދާލަތު ޕާޓީގެ އަލީ ޒާހިރު ހުންނަވާތީވެސް ގިނަ ބައެއްގެ ފާޑުކިޔުންތައް ޚާއްސަކޮށް އެމްޑީޕީ ބޭފުޅުންގެ ފާޑުކިޔުންތައް އަމާޒުވަމުންދެއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަން ހިންގަވަނީ އަދާލަތު ޕާޓީ ބޭނުންވާ ގޮތަށްކަމަށް ބުނެ ރައީސް މުހައްމަދު ނަޝީދުވެސް ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ.

ބިމާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން، ޝިޔާމް ވަނީ ރާއްޖޭގެ ބިންތައް ވިއްކަން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ހއ ފިއްލަދޫގެ އިހްތިސާސްގެ ތެރެއިން ދައްޕަރު ވަކިކުރުމަށްފަހު އެރަށް އިންޑިޔާއަށް ދިނުމަށް ރައީސަށް އޮތީ ކޮން ބާރެއްތޯ ބަލަންޖެހޭ ކަމަށާއި އެކަން ރައްޔިތުންގެ މަޖިލީހުން ތަހުގީގުކުރަންޖެހޭކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ރާއްޖޭގެ މިނިވަންކަން ދުވަހަކަށްވުރެ ދުވަހެއް އަނދިރިވަމުންދާކަމަށް ޝިޔާމްގެ ވާހަކައިގައި ވަނީ ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: