ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މުވައްޒަފުން ޕީސީއާރް ހަދައިގެން ނޫނީ ވަޒީފާއަށް ނުނެރުމަށް އަންގައިފި

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑުން ރައްކާތެރިވުމަށް ޖަހަމުން އަންނަ ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ ނަމަ ޕީސީއާރް ހަދައިގެން ނޫނީ ވަޒީފާއަށް ނުނެރުމަށް އަންގައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ ފަރާތްތަކާ މެދު، ވިޔަފާރިތަކުން މިއަދުން ފެށިގެން ފިޔަވަޅުތައް އެޅުމަށް އަންގާ ކަމަށެވެ.

އިކޮނަމިކް މިނިސްޓްރީން އަޅަން އެންގި ފިޔަވަޅުތަކުގެ ތެރޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރި (އަމިއްލަ ފަރުދުންގެ ވިޔަފާރި، ކުންފުނި، ޕާރޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ) ތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވެކްސިން ފުރިހަމަކުރުމާއި އަދި ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ ފަރާތްތަކުން، ޕީ.ސީ.އާރ ޓެސްޓް ހަދައިގެން މަސައްކަތަށް ނުކުތުމަށް އެންގުން ހިމެނެއެވެ.

އޭގެ އިތުރުން އިމްޕޯޓް މުދާ ވިއްކާ ތަންތަނުން އަދި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ޚިދުމަތް ފޯރުކޮށްދިނުމުގައި ވެކްސިން ޖަހާފައިވާ ފަރާތްތަކަށް އިސްކަންދިނުމަށް ވަނީ އަންގާފައެވެ. ކުރިން އަންގާފައި އޮތީ ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ޚިދުމަތް ދީގެން ނުވާނެ ކަމަށެވެ.

ޖިމްތަކާއި ސެލޫން ފަދަ ވިޔަފާރިތަކުން، ޚިދުމަތް ހޯދާ ފަރާތަކީ ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ ފަރާތެއްނަމަ، ޚިދުމަތް ނުދިނުމަށް މިއަދު ވަނީ އަންގާފައެވެ. ކުރިން ނިންމާފައި އޮތީ ވެކްސިންގެ ދެޑޯޒް ނުޖަހާނަމަ ޖިމްތަކާއި ސެލޫން ފަދަ ވިޔަފާރިތަކުން ހިދުމަތް ދީގެން ނުވާނެ ކަމަށެވެ.

ނަމަވެސް ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކުން ދަތުރުފަތުރު ކުރުމަށް އަޅާފައިވާ ހުރަސްތައް ނައްތާލިކަން އަދި އިއުލާން ކޮށްފައެއް ނުވެއެވެ. އެހެންކަމުން އާއްމު ދަތުރުފަތުރުގެ ނިޒާމް ބޭނުންކުރާ ފަރާތްތަކުންނާއި ފްލައިޓްގައި ދަތުރުކުރާ ފަރާތްތަކުން ވެކްސިން ފުރިހަމަ ކުރުން އަދިވެސް އޮތީ މަޖުބޫރުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: