ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަންދީ ބޯ ފަޅާލީ އެމްޑީޕީ އޮފީހުގައި މަސައްކަތްކުރާ މުވައްޒަފެއް

މަންދީގެ ބޯ ފަޅާލި ކަމަށް ތުހުމަތު ކުރެވޭ ޔަޒީދު(ކ) އަދި މަންދީގެ ބޯ ފަޅައިގެން ގޮސްފައި—
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އޮފީސްތެރޭގައި މިއަދު މާރާމާރީއެއް ހިންގައި އަންހެނެއްގެ ބޯ ފަޅާލާފައި ވަނީ އެތަނުގައި މަސައްކަތްކުރާ މުވައްޒަފެއްކަން އެނގިއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މާރާމާރީގައި އަނިޔާވެފައިވަނީ އެމްޑީޕީ އިދާރީ މުވައްޒަފެެއްގެ ގޮތުން މަސައްކަތް ކުރަމުން އަންނަ މެންބަރު މީކާއިލް ނަސީމްގެ މަންމަ، މަންދީ އަށެވެ. މަންދީގެ ބޯ ފަޅައިގެން ގޮސްފައިވާއިރު އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

އެނގިފައިވާ ގޮތުގައި މަންދީގެ ބޯފަޅާލީ އެ އޮފީހުގައި މަސައްކަތްކުރާ ޔަޒީދް ނަމަކަށް ކިޔާ މުވައްޒަފެކެވެ. ނަމަވެސް މި ދެ މީހުންގެ ދޭތެރޭ ޖެހުނީ ކޮން މައްސަލައެއް ކަމެއް ސާފެއް ނުވެއެވެ.

ފުލުހުން ބުނެފައިވަނީ ސޯސަންމަގުގައި ހުންނަ އެމްޑީޕީގެ އޮފީސް ތެރޭގައި މާރާމާރިއެއް ހިންގިކަމުގެ މައުލޫމާތު މިއަދު 12:30 ހާއިރު ލިބިފައިވާކަމަށެވެ. ނަމަވެސް މި މައްސަލާގައި މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ނުބުނެއެވެ.

ވަރަށް ގަދަ
11%ވަރަށް ގަދަ 7%ވަރަށް ގަޔާވޭ 29%ބޮޑު ޖޯކެއް 4%ހައިރާންވެއްޖެ 21%ވަރަށް ދެރަ 29%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: