ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމަލާ ދިނީ މަސްވެގެން ހުރެ މީހެއް، ސިޔާސީ މަގްސަދެއް ނެތް: މީކާއީލް

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އޮފީސް ތެރޭގައި ހިންގި މާރާމާރީގައި މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ މަންމާފުޅު، މަރިޔަމް ޒުބައިރު (މަންދީ)އަށް ހަމަލާ ދިނީ ސިޔާސީ ބޭނުމަކު ނޫން ކަމަށް މީކާއިލް ވިދާޅުވެެއްޖެއެވެ.

އެމްޑީޕީގެ މައި އޮފީހުގެ ތެރޭގައި މާރާމާރީ ހިނގީ މިއަދު މެންދުރު 12:30 ހާއިރު އެވެ. މާރާމާރީގައި އަނިޔާވީ މަންދީއަށެވެ. އޭނާއަށް އޭޑީކޭގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.

ހަމަލާއާ ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި މީކާއިލް ވިދާޅުވީ މިއަދު ދިން ހަމަލާއާ ސިޔާސީ ކަމަކާ ގުޅުމެއް ނެތް ކަމަށާއި އެ ހަމަލާ ދީފައިވަނީ މަސްތުގެ ހާލަތުގައި ހުރި މީހެއް ކަމަށެވެ. އަދި މަންމާފުޅުގެ ހާލު މިހާރު ރަނގަޅު ކަމަށްވެސް މީކާއިލް ވިދާޅުވިއެވެ.

މި މާރާމާރީގައި މަންދީގެ އިތުރުން ކޭޝިއަރަކަށް އުޅޭ ފިރިހެނަކު ވެސް ޒަހަމްވިއިރު، އެ ދެ މީހުންނަށް ހަމަލާ ދިނީ ޗޭނުގަނޑަކުންނެވެ.

މިކަމާ ގުޅޭގޮތުން ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވަނީ އެމްޑީޕީ އޮފީސް ތެރޭގައި މާރާމާރީ ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަން ކުރި މީހުން ހައްޔަރުކުރުމަށް ވަނީ ގޮވާލައްވާފަ އެވެ. މާރާމާރީގައި އަނިޔާ އާއި ގެންލުންވި ފަރާތްތަކަށް އިންސާފު ލިބެން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 13%ވަރަށް ގަޔާވޭ 38%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 38%ވަރަށް ދެރަ 13%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: