ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަށްކޮށް ރޮށިފިހުން ނޫންކަމެއް ރައީސް ސޯލިހަކަށް ނޭންގެ: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ވަށްކޮށް ރޮށިފިހުން ނޫންކަމެއް ކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ސޯލިހަށް އެނގިވަޑައިނުގަންނަވާކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އިދިކޮޅުން ކޯލިޝަނުން ކުރިއަށްގެންދާ “އައްޑަނަ” ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ، ރައީސް ސޯލިހަކީ ގައުމުގައި ހުރި މައްސަލަތައް ހައްލުކުރަން ދެނެވަޑައިގަންނަވާ ބޭފުޅެއް ނޫންކަމަށެވެ. އަދި ރައީސް ސޯލިހަށް ކުރައްވަން އެނގިވަޑައިގަންނަވާ ހަމައެކަނި ކަމަކީ ވަށްކޮށް ރޮށިފިހުން އެކަނި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ގައުމުގައި ހުރި ތަފާތު ބޮޑެތި މައްސަލަތައް މިއަދުގެ ހުކުރު ހުތުބާއިން ހާމަވެގެންދިޔަ ކަމަށާއި އެހެންނަމަވެސް، މިއަދުގެ ހުކުރު ހުތުބާއަކީ ވަރަށް ބޮޑަށް ސިޔާސީ ކުލަ ޖެހިފައިވާ ހުތުބާއެއްކަމަށް ޝިޔާމް ވިދާޅުވިއެވެ. ދައުލަތް ފެއިލްވެފައިވާ މިންވަރު ސިއްރުކޮށް އާންމު ރައްޔިތުން ނިކަމެތިވެ ސަލާންޖަހަން މަޖުބޫރުވެފައިވާކަމުގެ ވާހަކަތައްވެސް ހުތުބާގައި ގެނެސްދީފައިވަނީ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ނިޔަތުގައި ކުރާކަމެއްގެ ގޮތުގައި ދެއްކުމަށްފަހުކަމަށް ޝިޔާމް ވިދާޅުވިއެވެ. މިއަދު އާންމު ރައްޔިތުންގެ ގެތަކުގައި ތިން އިރަށް ކާނެ ގޮތެއް ހޯދުން ވަނީ ބޮޑުކަމަކަށް ވެފައި ކަމަށާއި، އެހާވެސް އާންމުން ނިކަމެތިވެފައިވާކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، މިއިން އެއްވެސް ކަމެއް ހައްލުކުރުމަށް ރައީސަށް އެނގިވަޑައިނުގަންނަވާ ކަމަށާއި ރައީސް ސޯލިހަށް އެނގިވަޑައިގަންނަވާ ހަމައެކަނި ކަމަކީ ވަށްކޮށް ރޮށިފިހުން ކަމުގައި ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މިހާރު ފެންނަމުންމުންދާ މަންޒަރަކީ ބަދަލު ހިފުމުގެ ރޫހުގައި ރައީސް ޔާމީން ހިންގެވި ތަރައްގީގެ މަޝްރޫއުތައް ހުއްޓާލުމަކަށް ގެނެސްފައިވާ ތަންކަމަމަށެވެ. އަދި މިކަމުގެ ގެއްލުންތައް ވަމުންދަނީ އާންމު ރައްޔިތުންނަށް ކަމަށާއި އެކަމުގެ ވާހަކަތައް އިދިކޮޅު ކޯލިޝަނުން ރަށްތަކަށް ކުރި ދަތުރުތަކުގައި ވަރަށް ގިނަ އާންމުން ހިއްސާކޮށްފައިވާކަމަށް ޝިޔާމް ވިދާޅުވިއެވެ.

“މިތަނުގައި މިއޮތީ ސޯލިހަކާއި ކޯލިޝަނެއް. އަޅުގަނޑުމެން ބައެއްފަހަރު ރައީސް ސޯލހޭ ދެންނެވުމުން ބައެއް ބޭފުޅުން ވިދާޅުވޭ ތިހެން ނުކިޔާށޭ. އެއީ ނަމުން ސޯލިހު ކަމުން ޖައްބާރު ބޭފުޅެކޭ!” ޝިޔާމް

އެފަދަ ބައެއް ވާހަކަތައް ހިއްސާކުރައްވަމުން ޝިޔާމް ވިދާޅުވީ، ރައީސް ޔާމީން ރާއްޖޭގެ ހުރިހާ ރަށެއްގައި އާސަންދައާއެކު ބޭސްލިބޭނެ ގޮތް ފަހިކޮށްދީ ގާއިމްކޮށްދެއްވި ބޭސްފިހާރަތަކުން އާދައިގެ ތަދު ކަނޑުވާ  ބޭސްގުޅައެއްވެސް ލިބެން ނެތް ކަމަށެވެ. މިބޭސްފިހާރަތައް ރައީސް ޔާމީން ގާއިމްކޮށްދެއްވީ، ތޮށިމައްޗަށް ބޭސްސިޓީ ހިފައިގެން ނުކުތުން ހުއްޓުވުމަށް ކަމަށާއި އެހެންނަމަވެސް މިހާރު ފެންނަމުންދާ މަންޒަރަކީ އެބޭސްފިހާރަތަކުން އެއްވެސް ބޭހެއް އާންމުންނަށް ފޯރުކޮށްދެވެމުން ނުދާތަން ކަމަށެވެ. މިއީ ބަދަލު ހިފުމުުގެ ރޫހުގައި ރައީސް ޔާމީންކޮށްދެއްވި މަސައްކަތަކަށްވާތީ އެތަންތަނުން ހިދުމަތް ފޯރުކޮށްނުދިނުމަށް ކުރަމުންދާ ކަމެއްގެ ގޮތުގައި ޝިޔާމް ވަނީ ސިފަކުރައްވާފައެވެ.

ޝިޔާމްގެ ވާހަކައިގައި ސަރުކާރުން ކުރަމުންދާ މަސައްކަތަތްކުގެ ސަބަބުން ރައްޔިތުން ކަންބޮޑުވަމުންދާކަން ފާހަގަކުރެއްވިއެވެ. އެގޮތުން، އިންޑިޔާއާއި ރާއްޖެއާއި ދެމެދުވެފައިވާ އެއްބަސްވުންތަކާއި ގުޅިގެން އާންމުން އުފައްދަމުންދާ ސުވާލުތަކަށް ޚުދު އެބޭފުޅުންވެސް ދެއްވާނެ ޖަވާބެއް ނޭންގޭކަމަށް ވިދާޅުވިއެވެ. އެބޭފުޅާއަކީވެސް ރައްޔިތުން ތަމްސީލްކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހޮއްވަވާފައި ހުންނެވި ބޭފުޅެއް ކަމަށާއި އެހެންނަމަވެސް ރަށްތައް ވިއްކުމަށް މަސައްކަތްތައް ކުރަމުންދާއިރު، އެކަމުގެ ސުވާލުތައް އާންމުން ކުރުމުން އެސުވާލުތަކަށް ދޭނެ ޖަވާބެއް އެނގިނުލައްވާކަމަށް ޝިޔާމް ވިދާޅުވިއެވެ. އެފަދަ އެއްވެސް އެގްރީމަންޓެއް ފެނިފައިނުވާ ކަމަށާއި ރައީސް ސޯލިހަށް މިކަން ކުރެއްވުމަށް އޮތް މަޖްބޫރުކަމެއް ނުވަތަ ބިރުވެރިކަމެއްވެސް އެނގިނުލައްވާކަމަށް ޝިޔާމް ވިދާޅުވިއެވެ.

ރާއްޖޭގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ އެކި ބިންތައް އަންނަނީ ވިއްކަމުން ކަމަށާއި އޭގެ ތެރޭގައި ހަނިމާދޫ އާއި ދައްޕަރުގެ ވާހަކަ ޝިޔާމްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. ޝިޔާމް ވިދާޅުވީ، ކެމްޕެއިންގެ ތެރޭގައި ރަށްރަށަށް ވަޑައިގެން ބަނދަރުން ފެށިގެން ޖަގަހަތަކާއި ހަމައަށް ދެވެންދެން އާންމު ރައްޔިތުންނާއި ވާހަކަ ދައްކަވަމުން އެކި ވައުދުތައް ވެވަޑައިގެންފައިވާ ކަމަށެވެ. އެކި ތަރައްގީގެ މަޝްރޫއުތަކުގެ ވާހަކަތަކާއި ބްރިޖުތައް އަޅަމުންދާނެ ކަމުގެ ވައުދުތައް ރައްޔިތުންނަށް ވެފައިވާކަމަށެވެ.

ޝިޔާމްގެ ވާހަކައިގައި ރައީސް ސޯލިހަށް ވަނީ ވަރަށް ބޯޑަށް ފާޑުވިދާޅުވެފައިވެއެވެ. ރައީސް ސޯލިހަކީ ނަމުން ސޯލިހު އެހެންނަމަވެސް ކަމުން ޖައްބާރު ބޭފުޅެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމްގެ ވާހަކައިގައި ފާހަގަކުރެއްވި ހުރިހާ ކަމެއްވެސް ގުޅުވާލާފައިވަނީ ލީކުވެފައިވާ ފަނޑިޔާރުންގެ އޯޑިޔޯތަކާއެވެ. އެގޮތުން މިހާރު ރައްޔިތުން މިހާ ނިކަމެތިވާން ޖެހުނު މައިގަނޑު ސަބަބަކީ އެފަނޑިޔާރުން ކުރެއްވި ހުކުމް ކަމަށާއި ރައްޔިތުންގެ ނިކަމެތި ހާލަތުގެ ޒިންމާ ރައީސް ސޯލިހުވެސް، ނުހައްގު ހުކުމެއް އިއްވުމުގައި ބައިވެރިވި ފަނޑިޔާރުންވެސް ނަގަންޖެހޭނެކަމަށް ޝިޔާމް ވިދާޅުވިއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: