ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު ޕީޕީއެމްއަށް!

އިދިކޮޅުން ކާނިވާގައި އައްޑަނަ ނަމުގައި ބޭއްވި ޖަލްސާގައި ސަމާހު ޕާޓީއަށް ސޮއިކޮށް ފޯމު ހުށަހަޅުއްވަނީ/ ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ލާމަރުކަޒީ ނިޒާމު ތައާރަފްވެ އެންމެ ފުރަތަމަ މާލޭގެ ސިޓީގެ ޑެޕިއުޓީ މޭޔަރުކަން ކުރެއްވި އަހުމަދު ސަމާހު ރަޝީދު އިދިކޮޅު ޕީޕީއެމްއަށް ސޮއި ކުރައްވައިފި އެވެ.

އިދިކޮޅުން ވަނީ ގައުމުގެ މިނިވަންކަމުގެ ދިފާއަށް “އައްޑަނަ” ނަމުގައި ހާއްސަ ޖަލްސާއެއް ބާއްވާފަ އެވެ. ގިނަ އަދަދެއްގެ އާއްމުން ބައިވެރިވި މި ޖަލްސާގައި ޕީޕީއެމްއަށް ސޮއި ކުރައްވައި ސަމާހު ވަނީ އޭނާގެ ފޯމާއި އެކު ޕާޓީ އާއި އަލަށް ގުޅޭ 80 މެމްބަރުންގެ ފޯމުތައް ވެސް ހުށަހަޅުއްވާފަ އެވެ.

މީގެ ކުރިން އެމްޑީޕީގެ މެމްބަރަކަށް ހުންނެވި ސަމާހު ޑެޕިއުޓީ މޭޔަރުކަން ކުރެއްވީ އެ ޕާޓީގެ ޓިކެޓުގައި ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް ފަހު އެވެ.

ޕްރޮގްރެސިވް ކޯލިޝަނަށް މާ ބޮޑު ތާއީދެއް ނެތް މާލޭގެ ދާއިރާތަކުން އެ ޕާޓީއަށް ނިމިދިޔަ ކައުންސިލް އިންތިހާބުން ބޮޑެތި ކާމިޔާބީތަކެއް ވަނީ ލިބިފަ އެވެ. އެގޮތުން އިންތިހާބުގައި މާލޭގެ ފުރިހަމަ މެޖޯރިޓީ އާއި އެކު މޭޔަރުކަމާއި ޑެޕިއުޓީ މޭޔަރުކަން ވެސް ދިފާއު ކުރީ އިދިކޮޅުންނެވެ.

ސަމާހު ޕީޕީއެމަށް ސޮއި ކުރެއްވިއިރު، ފަހަކަށް އައިސް އެމްޑީޕީއާއި އެކު މަސައްކަތް ކުރި ބޭފުޅުންތައް ދަނީ އިދިކޮޅާއި އެކީ ގުޅިގެން މަސައްކަތް ކުރުމަށް ނިންމައި ޕާޓީއަށް ސޮއި ކުރަމުންނެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: