ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމެރިކާއާއެކު ސޮއި ކުރި ޑިފެންސް އެގްރީމެންޓުގެ ދަށުން 36 ސިފައިން ތަމްރީން ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާއާއެކު ސޮއިކުރި ޑިފެންސް އެގްރީމެންޓު، “އެކްސަސައިޒް ލެންޓާން މެޓަލް” ގެ ދަށުން ދިވެހި 36 ސިފައިން ތަމްރީން ކޮށްފިއެވެ.

އެމްއެންޑީއެފް އިން ބުނީ މި ޕްރޮގްރާމްގައި އެމެރިކާގެ އަސްކަރިއްޔާގެ 11 އޮފިސަރުންގެ ޓީމުންވަނީ އެމްއެންޑީއެފްގެ ޖުމްލަ 36 ސިފައިން ތަމްރީނު ކޮށްދީފައި ވާ ކަމަށެވެ.

އެކްސާސައިޒް ލެންޓާން މެޓަލް ސީރީޒްގެ ފުރަތަމަ ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބޭއްވީ މިއަދު ހަވީރު ލ.ކައްދޫގައި ހުންނަ އެމްއެންޑީއެފް ސެންޓްރަލް އޭރިޔާ ކޮމާންޑުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ އެކްސާސައިޒް ލެންޓާން މެޓަލް އަކީ ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް އަދި ވަރުގަދަ އަސްކަރީ ގުޅުމުގެ މައްޗަށް އޮތް ހެއްކެއް ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި މިދިޔަ އަހަރު ސޮއިކުރި ޑިފެންސް ފްރޭމްވޯކް އެގްރީމެންޓުގެ ސަބަބުން ދިފާއީ ރޮނގުން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެފައިވާ ކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: