ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަތޮޅު ކައުންސިލުގެ ނާއިބުންގެ މުސާރަ ބޮޑުކުރަން މަޖިލީހުން ފާސްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އަތޮޅު ކައުންސިލްތަކުގެ ނާއިބު ރައީސުންގެ މުސާރަ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އަތޮޅު ކައުންސިލްތަކުގެ ނާއިބް ރައީސުންގެ މުސާރަ ބޮޑުކުރުމަށް މާލިއްޔަތު ކޮމިޓީން ނިންމި ގޮތަށް ތަޅުމުން ފާސްކޮށްފައިވަނީ 41 މެމްބަރުންގެ ވޯޓުންނެވެ.

އަތޮޅު ކައުންސިލްތަކުގެ ރައީސް ނެތް ޙާލަތުގައި ރައީސްގެ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރައްވަން ޖެހެނީ ނައިބު ރައީސްކަމުން، އެހެން މެންބަރުންނާއި ނައިބު ރައީސްގެ މުސާރައާއި ޢިނާޔަތްތަކުގައި ފަރަޤެއް ހުންނަންޖެހޭނެކަމަށް ބަޔާންކުރައްވައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ވަނީ އަތޮޅު ކައުންސިލްގެ ނާއިބު ރައީސުންގެ މުސާރަ މުރާޖަޢާކުރުމަށް މަޖިލީހަށް ހުށަހަޅާފައެވެ.

މުސާރައާއި އެލަވަންސްތަކާ އެކު އަތޮޅު ކައުންސިލްތަކުގެ ނާއިބު ރައީސުންނަށް 20،000 ރުފިޔާ މިހާރު ލިބެއެވެ. އަދި މިއަދު މަޖިލީހުން ނިންމި ނިންމުމާއެކު ނާއިބު ރައީސުންގެ މުސާރައަށް 1000 ރުފިޔާގެ އެލަަވަންސަކާއެކު ޖުމްލަ 21،000 ރުފިޔާ ލިބޭނެ އެވެ. ނަމަވެސް އެ މުސާރަ ލިބޭނީ އަންނަ އަަހަރުން ފެށިގެން ނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: