ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިހުތިޖާޖުގައި ރައީސް ޔާމިންގެ ފެނިލުމެއް!

އިދިކޮޅުން އިންތިޒާމުކޮށްގެން ބޭއްވި އިހުތިޖާޖުގެ ތެރެއިން ރައީސް ޔާމީން، އެމަނިކުފާނު މިވަގުތު ހުންނެވީ ގޭ ބަންދުގައި/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ގޭ ބަންދުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިދިކޮޅު މުޒާހަރާގެ ބައިވެރިންނަށް ފެނިލައިފި އެވެ.

“އިންސާފު ހޯދަން” ނަމުގައި އިދިކޮޅު ކޮންގްރެސް ކޯލިޝަނުން މިއަދު މާލޭގައި ކުރިއަށް ގެންދާ އެއްވުމުގައި އިދިކޮޅުން ވަނީ  ކާނިވާ ސަރަހައްދަށް އެެއްވެ އަޑުއުފުލާފަ އެވެ. އަދި ފުލުހުންނާއި ކުރިމަތިލާން ބޭނުން ނުވާ ކަމަށް ބުނެ އިދިކޮޅުގެ ސަޕޯޓަރުން ފަހުން ވަނީ ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅު ކައިރިއަށް އެއްވެފަ އެވެ.

ކޮވިޑުގެ ހާލަތު ގޯސްވުމާއި، އަދި ސިއްހީ ހާލަތަށް ރިއާޔަތް ކުރުމަށް ފަހު ރައީސް ޔާމީން ގޭބަންދަށް ބަދަލުކޮށްފައި ވަނީ މިދިޔަ ރޯދަ މަހުގެ ތެރޭގަ އެވެ. އެއަށް ފަހު ރައީސް ޔާމީން މައްޗަށް އުފުލާފައިވާ ދައުވާތައް ކުރިޔަށް ގެންދާ ދުވަސްތަކު ކޯޓަށް ހާޒިރު ކުރާ ދުވަސްތަކު ސަޕޯޓަރުން އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކައިރިއަށް އެއްވެ އެވެ.

މިއަދުގެ ސުލްހެވެރި ހިނގާލުން ނިންމާލުމުގެ ގޮތުން ޕާޓީ އޮފީސް ސަރަހަަދަށް ސަޕޯޓަރުން އެއްވުމުން ރައީސް ޔާމީން ވަނީ އެއްވުމުގައި ބައިވެރިވުމުގެ ގޮތުން ކުޑަދޮރުން ބޭރު ބައްލަވަން ހުންނަވާ ސަޕޯޓަރުންނާއި ސަލާމް ކުރައްވައި ހިތްވަރު ދެއްވާފައެވެ. އޭގެ ފަހުން ސަޕޯޓަރުން ދެއްވި ޕީޕީއެމްގެ ރަސްމީ ދިދަ އަކާއި ދިވެހި ގައުމީ ދިދައެއް ވެސް ނެންގެވި އެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ރައީސް ޔާމީން ފެނިލުމުން އެކަމާއި ވަރަށް ބޮޑަށް އުފާ ފާޅުކޮށްފަ އެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އަޑު އެ ސަރަހައްދުގައި ގަދަކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: