ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީނަށް ކުރެވޭނެ ދައުވާއެއް ނޯންނާނެ، މިނިވަންކުރަން ޖެހޭ: އަލީ ވަހީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އަބްދުﷲ ޔާމީނަށް ކުރެވޭނެ ދައުވާއެއް ނޯންނާނެ ކަމަށާއި އެމަނިކުފާނި މިނިވަންކުރަން ޖެހޭ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި 70 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން އިއްވި ޙުކުމުގެ އިސްތިއުނާފް ޝަރީޢަތް ސުޕްރީމް ކޯޓުގައި މިއަދު ވަނީ ފަށާފައެވެ.

އަލީ ވަހީދު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔާމީންގެ މައްޗަށް އެމްއެމްޕީއާރުސީ މައްސަލައާއި ގުޅުވާ ކުރެވޭނެ އެއްވެސް ދަޢުވާއެއް ނޯންނާނެ ކަމަށެވެ. އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖެއިން ބޭރުގައި ކުރެވުނު ތަޙުޤީޤުގައި އެމަނިކުފާނުގެ އެކައުންޓްތައް ފްރީޒް ނުކުރެވުނީ މިދެންނެވި ސަބަބާހެދި ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވަނީ ޔާމީން މިނިވަންކުރަން ވެސް ގޮވާލާފައެވެ.

މީގެ އިތުރުން އަލީ ވަހީދު ވިދާޅުވީ އެމްއެމްޕިއާރްސީގެ ފައިސާ ލިބުނު މީހުންގެ ސައްހަ ލިސްޓް ފެށެނީ ޕީޖީ ހުސައިން ޝަމީމާއި ހިސާބުންކަމަށެވެ.

“ރެހެންދި ފްލެޓުން ކަޅު ދަބަސް ހިފައިގެން ނިކުތް މީހުން އަޅުގަނޑުމެންނަކަށް ނޯޅޭ! ތިޔަ ފޯނުތަކާ ލެޕްޓޮޕާ އިނގިރޭސި ތަޙުޤީޤު ޓީމަށް ރައްދުކޮށްދިނީ އަޅުގަނޑު. ޖަލަށް ލިޔަސް، މަރާލިޔަސް، އިރާދަފުޅުން މިއަޑު ކަނޑުވާނުލެވޭނެ.” އަލީ ވަހީދުގެ ޓްވީޓްގައިވެއެވެ.

މި ޓްވީޓްތައް އަލީ ވަހީދު ކޮށްފައިވާއިރު އޭނާ މިހާރު ހުރީ އިމިގްރޭޝަންގެ ކުށްތަކެއްތައި އިނގިރޭސިވިލާތުގައި ހައްޔަރުކޮށްފައެވެ.

އަލީ ވަހީދު ޔޫކޭގައި ހައްޔަރު ކޮށްފައި މިދިިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އޭނާ ހައްޔަރުން ދޫކޮށްލި ކަމެއް އަދި އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ.

ވަރަށް ގަދަ
77%ވަރަށް ގަދަ 4%ވަރަށް ގަޔާވޭ 19%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: