ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ނަގަން މިނިސްޓަރު ހުސައިން އަންގަވުން ގެންދާ ކަމަށް ތުހުމަތުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ނަގަން ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އަންގަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު(ވައްޑެ) ތުހުމަތުކުރައްވައިފިއެވެ.

ވައްޑެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ޤައުމީ މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ނަގުވަން ޖުމްހޫރީ ޕާޓީގެ ނައިބް ރައީސް އަދި ފިޝަރީޒް މިނިސްޓަރ އަންގަވުން ގެންދަވާކަމީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

”މިޕާޓީގެ ޑިމޮކްރެޓިކް ނިޒާމު ފުނޑާލައި ޖޭޕީގެ ހަޑިހުތުރު ގޮތްތައް ވައްދަން ނޫޅުއްވާ!”ވައްޑެ ވިދާޅުވިއެވެ.

މި މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބުގައި 733 ކެނޑިޑޭޓުން ވާދަކުރާކަމަށް އެޕާޓީން ބުނެއެވެ. އިންތިޚާބުގައި ވޯޓުލުމުގެ ފުރުސަތު ދެވިގެންދާނީ އެހެން އިންތިޚާބުތަކުގައިވެސް އަމަލުކުރާ އުސޫލުން ޕާޓީގެ ދަފްތަރުގައި ހިމެނޭ މީހުންނަށެވެ. ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ވޯޓުލާން ފުރުސަތު ދޭނީ ބަލަންޖެހޭ ކަންކަން ބެލުމަށްފަހުކަމަށް އެމްޑީޕީން ބުނެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: