ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަލުގައި ގައިދީއަކު ނިޔާވި މައްސަލަ މަޖިލީހަށް!

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒްކުރަމުންދިޔަ ގައިދީއަކު ނިޔާވި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

މިމައްސަލާގައި އާއިލާއިން ކުރާ ތުހުމަތުތައް ބެލުމަށް ގޮވާލައި މަޖިލީހަށް ހުށައަޅާފައިވަނި އިދިކޮޅުގެ ފަރާތުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ.

މައްސަލަ މަޖިލީހަށް ހުށައަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ އުމުރުން 40 އަހަރުގެ މުހައްމަދު އަސްލަމްގެ މަރުގެ މައްސަލަ އާއިލާއަށް ނާންގައި ސިއްރުކުރުމަށް މަސައްކަތްކޮށްފައިވާކަމަށް އާއިލާއިން ބުނަމުންދާ ކަމަށެވެ. ހުޅުމާލޭ ޖަލުގައި ހުއްޓައި އޭނާ ބަލިވެގެން އިއްޔެގެ ހަވީރު 5 ޖަހާކަށްހާއިރު ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި އެހެންނަމަވެސް، އާއިލާއަށް އެކަމުގެ އެއްވެސް މައުލޫމާތެއް ކަރެކްޝަންސްއިން ހިއްސާކޮށްފައިނުވާ ކަމަށެވެ. އަދި އަސްލަމް ނިޔާވިކަންވެސް އެނގުނީ އިރުއޮއްސި 7 ޖެހިފަހުން އެހެން މީހަކު އާއިލާއަށް ގުޅާފައި އެމައުލޫމާތު ދިނުމުންކަމަށެވެ.

އާއިލާއިން ހުޅުމާލެ ހޮސްޕިޓަލަށް ގޮސް، އޮފިސަރުންނާއި ސުވާލުކުރުމުން އަސްލަމަށް ފަރުވާ ދެމުންދާ ކަމަށް އޮފިސަރުން ވިދާޅުވެފައިވާކަމަށް މައްސަލަ ހުށައަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވިއެވެ. އެހެންނަމަވެސް، އޭގެ ފަހުން އެތައް އިރެއްވީއިރުވެސް އިތުރު މައުލޫމާތެއް އާއިލާއަށް ހިއްސާކޮށްފައިނުވުމުން އަސްލަމްއަށް ފަރުވާ ދެމުންދިޔަ ކޮޓަރިއަށް އާއިލާއިން ގަދަކަމުން ވަނީ ކަމަށާއި އަދި އެވަގުތު އޭނާ މަރުވެފައިކަން އާއިލާއަށް އެނގުނީ އެވަގުތު ކަމަށެވެ.

އާދަމް ޝަރީފް ހުށައެޅުއްވި މައްސަލާގައި ވަނީ ގައިދީއަކަށް މިފަދަ ހާލަތެއް ދިމާވެއްޖެނަމަ، ގުޅަންޖެހޭނެ އިމަޖެންސީ ކޮންޓެކްޓަށް ގުޅައި އެކަން ކަރެކްޝަންސްއިން އާއިލާއަށް އަންގަން ޖެހޭނެކަމަށެވެ. އެހެންނަމަވެސް، އެކަން އެގޮތަށް ކޮށްފައިނުވާ ކަމަށާއި އެއީ ކީއްވެކަން ބަލައި ތަހުގީގުކުރުމަށް އާދަމް ޝަރީފް ހުށައެޅުއްވި މައްސަލާގައިވެއެވެ.

މިމައްސަލައަށް ބަހުސްކުރުމަށް ވަނީ ފާސްވެފައެވެ. ބަހުސްކުރަން ފެންނަކަމަށް ފާސްވެފައިވަނީ ހާޒިރުވެތިއްބެވި 28 މެމްބަރުންގެ ތެރެއިން 24 މެމްބަރުންގެ ވޯޓުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: