ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމްރާން ބަޣާވަތް ކުރި މައްސަލަ ބަލައިދިނުމަށް އެދި ބޮންޑޭ އިންސާފުގެ އޮފީހަށް!

ހޯމް މިނިސްޓަރ އިމްރާން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހު ހިނގާދިޔަ ކަންކަމުގެ ތެރޭގައި މިހާރުގެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ބައިވެރިވެފައިވާ މިންވަރު ބަލައިދިނުމަށް އެދި އިންތިގާލީ އިންސާފުގެ އޮފީހަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ހުށައަޅުއްވައިފިއެވެ.

އިންތިގާލީ އިންސާފުގެ އޮފީހަކީ 1 ޖަނަވަރީ 1953 އިން ފެށިގެން 17 ނޮވެންބަރު 2018 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް ބަލައި އިންސާފު ހޯދައދިނުމަށް ގާއިމްކުރެވިފައިވާ ތަނެކެވެ. ރެއާއި ހަަމައަށް މިއޮފީހަށް މައްސަލަތައް ހުށައެޅުމުގެ ވަގުތު ހަމަވެފައިވާއިރު، ގިނަ އަދަދެއްގެ މައްސަލަތައް ހުށައަޅަމުންދާކަމަށް ބުނެ، އެއޮފީހުން ވަނީ މައްސަލަ ހުށައެޅުމުގެ މުއްދަތުވެސް އިތުރުކޮށްދީފައެވެ.

ބޮންޑޭ ހުށައެޅުއްވި މައްސަލާގައި ވަނީ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދިނުމުގެ ކުރިން ފުލުސް އޮފީހުގެ މައި މަރުކަޒުގައި ބަޣާވާތް ކުރުމަކީ ރަނގަޅު ކަމެއްކަމަށާއި އަނިޔާވެރިވުމަށް ރައްޔިތުންނަށް ގޮވާލާފައިވާ ވީޑިޔޯއަކުންވެސް މިނިސްޓަރ އިމްރާންގެ ހަރަކާތްތައް ފެންނަކަމަށެވެ. މިވީޑިޔޯވެސް ވަނީ މައްސަލައާއިއެކު އޮފީހަށް ހުށައަޅާފައެވެ. އަދި މިކަމުގައި މިނިސްޓަރ އިމްރާންގެ ބައިވެރިވުން އޮތް މިންވަރު ބަލައިދިނުމަށާއި ކަނޑައެޅިފައިވާ ހައްގު އަދަބު ކަނޑައަޅާދިނުމަށް ބޮންޑޭ ވަނީ އެދިވަޑައިގެންފައެވެ.

7 ފެބްރުއަރީގައި ހިނގި ބަޣާވާތުގައި އެންމެ އިސްކޮށް އުޅުއްވި ބޭފުޅުން މިވަގުތު ތިއްބެވީ ސަރުކާރު ކޯލިޝަން ތެރޭގައެވެ. މީގެ ތެރޭގައި އަދާލަތު ޕާޓީގެ ލީޑަރު އަދި މިހާރުގެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ، އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްއާރްއެމްގެ ލީޑަރ މައުމޫން އަބްދުލްގައްޔޫމްގެ ނަންވެސް އެމްޑީޕީ މެމްބަރުން ފާހަގަކުރައްވައެވެ. އަދި މިހާރު މިއޮތް ކޯލިޝަން ސަރުކާރު ގެނައުމަށް އެދުވަހު ރައީސް ނަޝީދާއި އިދިކޮޅަށް މަސައްކަތްކުރެއްވި ގިނަ ބޭފުޅުން ވަނީ މަސައްކަތް ކުރައްވާފައެވެ.

ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެގެންދިޔައީ އާންމުންނާއި ފުލުހުންނާއި ސިފައިންނާއި އެކު ހިނގި ހަމަނުޖެހުންތަކުގެ ތެރެއިންނެވެ. ރައީސް ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން އެއީ ބަޣާވާތެއް ކަމަށް ގަބޫލުކުރިކަމުގައިވިޔަސް، މައްސަލަ ބެލުމަށްފަހު އެކުލަވާލާފައިވާ ކޯނީ ރިޕޯޓުގައި ވަނީ އެއީ ބަޣާވާތެއް ނޫންކަމަށް ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: