ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްއާރްސީއެމްގެ މެމްބަރުކަމަށް ސަމާއު އައްޔަނު ކުރަން ފާސްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، (އެޗްއާރުސީއެމް)ގެ ހުސްވެފައިވާ މެމްބަރު ކަމުގެ މަޤާމަށް ގދ. ތިނަދޫ / އަސާގެ، އަލް އުސްތާޛާ ސަމާއު އަހުމަދު ނަޖީބު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ ސީނިއާ ސްޓޭޓް އެޓާނީއެއްގެ ގޮތުގައި ހުންނެވި، ސަމާއު އެޗްއާރުސީއެމްގެ މެންބަރަކަށް އައްޔަން ކުރަން ފާސްކުރީ، މިއަދުގެ ޖަލްސާގައި ތިއްބެވި 44 މެންބަރުންގެ ތެރެއިން 42 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމަށް ސަމާއު އައްޔަން ކުރަން ފާސް ކުރީ، މީގެ ކުރިން އެ މަގާމުގައި ހުންނެވި ނައިވީން އަބްދުﷲ ގެ ދައުރު ހަމަވުމުންނެވެ.

އެޗްއާރުސީއެމް އެކުލެވިގެންވަނީ ފަސް މެމްބަރުންގެ މައްޗަށެވެ. މިވަގުތު އެކޮމިޝަންގައި ތިއްބެވީ އާމިނަތު ޝިފާޢަތު ޢަބްދުއްރައްޒާޤާއި، މުއުމިނާ ވަޙީދާއި، ޑޮކްޓަރ އަޙްމަދު އަދުހަމް ޢަބްދުﷲގެ އިތުރުން މަރިޔަމް މުނާއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: