ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަނޑިޔާރުންގެ ލީކުވި އޯޑިއޯގެ މައްސަލަ ބަލައިދިނުމަށް އެދި ފުލުހަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި ބެންޗުގައި ތިއްބެވި ބައެއް ފަނޑިޔާރުންގެ އޯޑިއޯތަކެއް ލީކުވި މައްސަލަ ތަހުގީގުކޮށްދޭން އިދިކޮޅު ޕީޕީއެމް/ޕީއެންސީން ފުލުހުންނާއި ޕްރޮސެކިއުޓަރ ޖެނެރަލް އަށް ހުށަހަޅައިފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ފުލުހުންގެ އިދާރާއަށް ފޮނުއްވި ސިޓީގައި ވަނީ އެކޯލިޝަންގެ ލީޑަރު އަދި ކޯލިޝަނުގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން ދައުވާކޮށް ކްރިމިނަލް ކޯޓުން ކުރެވިފައިވާ ޙުކުމަކީ އެ މައްސަލައިގައި ޙުކުމް ކުރިފަނޑިޔާރުންނަށް ސިޔާސީ ނުފޫޒު ފޯރުވައިގެން ކުރެވިފައިވާ ޙަރާމް ޙުކުމެއްކަމުގައި އެކޯލިޝަނާއި ދިވެހި ރައްޔިތުން ގެންދަނީ ފެށުނީއްސުރެ ބުނަމުންކަމަށެވެ.

އަދި އެގޮތަށް ދިވެހި ރައްޔިތުންނާއި އެ ކޯލިޝަނުން ބުނަމުން ގެންދަނިކޮށް، ދާދި ފަހުން ލީކުވެގެން އުޅޭ އޯޑިއޯ ތަކަކުންވެސް މައްސަލައިގައި ހުކުމް ކުރި ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ 3 ފަނޑިޔާރަކު ކަމަށް ބެލެވޭ ފަނޑިޔާރުން ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ޙައްޤު ނޫން ޙުކުމެއް ކުރުމަށް އެ ފަނޑިޔާރުންނަށް ސިޔާސީ ގޮތުން ނުފޫޒު ފޯރުވާ، ރަހީނުކޮށް ބިރު ދައްކާފައިވާ ކަމަށް ބުނެފައިވާތީކަމަށްވެސް އެ ސިޓީގައިވެއެވެ.

ހަމައެއާއެކު، ދައުލަތުން ހުށަހަޅާފައިވާ ހެކިންނަށް ދޮގު ހެކި ދިނުމަށް މަޖުބޫރުކޮށްފައިވާ ކަމަށް ބުނާ އޯޑިއޯއެއްވެސް ލީކުވެފައިވާކަމަށާއި،  އެހެންކަމުން، ރައީސް ޔާމިންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމުގެ ޞައްޙަކަން ދެނެގަތުމަށްޓަކައި، ލީކުވެގެން އުޅޭ އޯޑިއޯ ތަކުގެ ފޮރެންސިކް ތަޙުލީލަކާއި އެކު މިނިވަން އިންސާފުވެރި އަދި ފުރިހަމަ ތަޙުޤީޤެއް ހިންގަވާ ދެއްވާ އެއޯޑިއޯ ތަކުގެ އަސްލު ދެނެގަތުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށް ގެންގޮސްދެއްވުން އެދޭކަމަށްވެސް އެ ސިޓީގައިވެއެވެ.

”އަދި މިކަމަކީ މިހާރު ސުޕްރީމް ކޯޓުގައި ހިނގަމުންދާ އެމަނިކުފާނުގެ އިސްތިޢުނާފްގެ މައްސަލަ ނިމުމުގެ ކުރިން ކުރެވެން ޖެހޭ ކަމެއްކަމުގައި މިކޯލިޝަނުން ދެކޭތީ، އެކަން އަވަސްކޮށްދެއްވުމަށްވެސް ދެންނެވީމެވެ. މީގެ އިތުރުންވެސް، މި މައްސަލައާއި ގުޅިގެން މަނިކުފާނާއި މަޝްވަރާކޮށް އިތުރަށް ޙިއްސާކުރަން ޖެހޭ މަޢުލޫމާތު ހުރުމާއެކު، މިކޯލިޝަންގެ ލީޑަރޝިޕާއި މަނިކުފާނާއި ބައްދަލުކުރުމުގެ އެޕޮއިންޓްމަންޓެއް ވީއަވަހަކަށް ހަމަޖައްސަވައިދެއްވުން ވެސް އެދޭ ވާހަކަ ދެންނެވީމެވެ.” ސިޓީގައި ވެއެވެ.

އިދިކޮޅު ކޯލިޝަނުން މި މައްސަލަ ފުލުހުންނަށް ހުށައަޅާފައިވާއިރު ޖޭއެސްސީން ވެސް ވަނީ ފުލުހުންނަށް މި މައްސަލަ ހުށައަޅާފައެވެ. އަދި ފަނޑިޔާރުން ވަނީ ފުލުހުންނަށް އޯޑިއޯގެ ސާމްޕަލްވެސް ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: