ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގައި މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫގައި ތޫނު އެއްޗަކުން ހަމަލާ ދީ މީހަކު ޒަހަމްކޮށްލައިފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ތޫނުއެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި ކަމުގެ މައުލޫމާތު މިއަދު މެންދުރު 12.08 ގައި ލިބިފައިވާ ކަމަށެވެ.

އަދި އަނިޔާ ލިބިފައިވަނީ 29 އަހަރުގެ މީހަކަށް ކަމަށާއި އެމީހާއަށް އައްޑޫ އިކްއޮޓޯރިއަލް ހޮސްޕިޓަލްގައި މިހާރު ގެންދަނީ ފަރުވާދެމުން ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

ހަމަލާދިން ފްލެޓް ތެރޭގައި ގިނަ އަދަދެއްގެ ލޭ ހުރި ހުރި ފޮޓޯތަކަކާއި އަނިޔާ ލިބުނު މީހާގެ ބޮލުން ގިނަ އަދަދެއްގެ ލޭ ފައިބާ ފޮޓޯއެއްްވެސް ވަނީ ލިބިފައި އެވެ.

މިއީ މި މާރާމާރީއާ ގުޅިގެން އަދި އެކަކުވެސް ހައްޔަރުކޮށްފައެއްނުވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 25%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: