ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް އެންމެ އިސްކަމެއް ދެއްވާ އެއްކަމަކީ ޒުވާނުން ބިނާކުރުން: ނައިބު ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަމެއް ދެއްވާ އެއްކަމަކީ ޒުވާނުން ބިނާކުރުން ކަމަށް ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައި ތާޖުއްދީން ސްކޫލުގައި މިރޭ ބޭއްވި ޙަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބް ރައީސް ވިދާޅުވީ ދިވެހިރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް ދިވެހިންގެ ހުނަރު އިތުރުކޮށް ދިވެހިންނަކީ ދިވެހިންގެ ކަންކަން ކުރެވޭނެ ބަޔަކަށް ހެދުމަށް ކުރައްވާ މަސައްކަތަކީވެސް ރައީސުލްޖުމްހޫރިއްޔާ ދިވެހިންނަށްޓަކައި ގެންގުޅުއްވާ އެންމެ މުހިންމު އެއްކަންތައް ކަމަށެވެ. ހަމަ އެއާއެކު މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސަރުކާރުން އެންމެ ބޮޑު ހޭދައެއް ކުރައްވާ އެއްދާއިރާ ކަމުގައިވާ އެކި ފަންނުތަކުން މީހުން ބިނާކުރުމުގެ ދާއިރާއަށް، އެމް.ޕީ.އެމް އިންވެސް މަސައްކަތްތަކެއް ކޮށްދެއްވާތީ އެކަންފާހަގަކުރައްވާފައެވެ. އެގޮތުން މިރޭގެ ޙަފްލާގައި އެކުންފުނީގެ ފަރާތުން ސްކޮލަރޝިޕްގެ ފުރުޞަތު މުވައްޒަފުންނަށް ފޯރުކޮށްދެއްވާފައިވާތީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝުކުރުއަދާކުރެއްވެވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހުރިއްޔާގެ ނައިބު ވަނީ ކޯވިޑް-19 ގެ ޙާލަތުގައި އެމް.ޕީ.އެލްގެ ފަރާތުން ކުރެއްވި މަސައްކަތް ފާހަގަކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ހުރިހާ ތަކެއްޗެއް ފޯރުކޮށްދިނުމަށްޓަކައި އެމް.ޕީ.އެލް.ގެ މުވައްޒަފުން ކުރެއްވި މަސައްކަތަށް ވެސް ޝުކުރުއަދާކުރައްވާފައެވެ. އަދި އެމް.ޕީ.އެލްގެ މަސައްކަތް ގުޅިގައިވަނީ ދިވެހިރާއްޖޭގެ ކޮންމެ ފަރުދަކާއި ކަމަށާއި، ދިވެހިރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިންމު އެއް މަސައްކަތް ކުރާބަޔަކީ އެމް.ޕީ.އެލްގެ މުވައްޒަފުންނާއި އެބޭފުޅުންނާއި ގުޅިގެން މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތައްތަކެއްކަމުގައި މި ޙަފްލާގައި އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ޚިޔާލުތަފާތުވުންތަކެއް ހުރިނަމަވެސް އެންމެން އެއްބައިވެގެން ޤައުމަށްޓަކައި މަސައްކަތްކުރުމަށް ބާރުއަޅުއްވާފައެވެ. އަދި އެންމެން އެއްކޮށް އެއްސަފެއްގައި ތިބެގެން މަސައްކަތްކޮށްފިކަމުގައިވާނަމަ ކާމިޔާބުނުވާނެކަމެއް މާތްﷲ ގެ އިރާދަފުޅާއެކު ނޯންނާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެމް.ޕީ.އެލް އަށް 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވުމަށްފަހު ރިޓަޔަރކުރި ފަރާތްތަކަށް ޝަރަފުގެ އައްޑަނަ ހަވާލުކުރައްވާފައެވެ. ހަމަ އެއާއެކު އެމަނިކުފާނު ވަނީ އެމް.ޕީ.އެލްގެ ސްކޮލަރޝިޕަށް ހޮވިފައިވާ މުވައްޒަފުންނަށް ސްކޮލަރޝިޕް އެވޯޑް ހަވާލުކުރައްވާފައެވެ. މި ޙަފްލާގައި އެމް.ޕީ.އެލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބަށްވެސް ވަނީ ޚާއްޞަ ހަދިޔާއެއް އަރުވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: