ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

36 އަހަރު ތެރޭ ހައްލުނުވި މުސާރައިގެ މައްސަލަ މިސަރުކާރުން ހައްލުވާނެ: ޔައުގޫބް

ދާންދޫ ދައިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ސިވިލް ސާވަންޓުންގެ މުސާރައިގެ މައްސަލަ ހައްލުނުވެ އޮންނަތާ 36 އަހަރު ވެގެންދިޔައީ އެތައް ސަރުކާރެއްގެ އިހުމާލުންކަމަށާއި، ފާއިތުވި 36 އަހަރު ތެރޭ ހައްލުނުވެ އޮތް މުސާރައިގެ މައްސަލަ މިސަރުކާރުތެރެއިން ހައްލުވެގެންދާނެކަމަށް ދާންދޫ ދައިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސިވިލް ސާވަންޓުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެސްދިނުމަށް ގޮވާލައި ސިވިލް ސާވަންޓުން ވަނީ ހިމޭން އިހުތިޖާޖެއްކޮށްފައެވެ. އަދި ބައެއް މުވައްޒަފުން ވަނީ މަސައްކަތަށް ނިކުތުން ހުއްޓާލާފައެވެ. މިއަަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިކަން ކުއްލި މައްސަލައެއްގެ ގޮތުގައި ވަނީ ހުށައަޅާފައެވެ. ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތައް ހެޔޮ ބަދަލެއް ގެނެސްދިނުމަށް ގޮވާލައި މައްސަލަ ޖަލްސާއަށް ހުށައަޅުއްވާފައިވަނީ ރައީސް ނަޝީދުގެ ފެކްޝަނުން ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމެވެ. މައްސަލަ ބަލައިގަތުމަށް 30 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.

މައްސަލައަށް ބަހުސްކުރައްވަމުން މެމްބަރު ޔައުގޫބް ވިދާޅުވީ 36 އަހަރުތެރޭ ނުލިބުނު ހައްލު މިސަރުކާރުން ހޯދައިދޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓު މަޖިލީހަށް ހުށައެޅުމުގެ ކުރިއަށް ބަޖެޓަށް ގެންނަން ފެންނަ ބަދަލުތަކާއިއެކީ މަޖިލީހަށް ބަޖެޓު ހުށައެޅުއްވުމަށް ޕޭ ކޮމިޝަނަށް ގޮވާލާފައިވެއެވެ.

ޔައުގުބް ވިދާޅުވީ، ގައުމުގެ ތަރައްގީގައި އެންމެ އިސް ދައުރެއް އަދާކުރާ އެއް ދާއިރަކީ ޓީޗަރުން ކަމަށާއި ޓީޗަރުންގެ މުސާރައިގެ ކަންކަން ވަރަށް ގާތުން ބަލައި ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުން އަވަސްކުރަންޖެހޭ ކަމަށެވެ. ޓީޗަރުންގެ ކަންބޮޑުވުންތައް ވަރަށް ގިނަ ކަމަށާއި ޓީޗަރުންގެ މުސާރައަކީ އެކުރާ މަސައްކަތާއި ގާތްކުރާ އަދަދެއްވެސް ނޫންކަމަށް ޔައުގޫބް ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ފަދައިން އަންނަ އަހަރު ފެށިގެންދާއިރު ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

“ސެޓިފިކެޓް އެލަވަންސް ހިފެހެއްޓިފައި އޮތް އޮތުން ދޫކޮށްލުމަކީ ޝުކުރުކުރާ ކަމެއް. އެހިފެހެއްޓިފައި އޮތް މުއްދަތަށްވާ ފައިސާ ޓީޗަރުންނަށް ލިބޭނެކަމަށް އުންމީދުކުރަން.” ޔައުގޫބް

ސިވިލަ ސާވަންޓުންގެ މުސާރަ ބޮޑުކޮށްދިނުމަށް ގޮވާލައި މުވައްޒަފުން އިހްތިޖާޖުް ކުރަމުން އަންނަ އިރު، މިނިމަމް ވޭޖް ކަނޑައެޅުން ލަސްވާތީ އެކި ދާއިރާތަކުގައި މަސައްކަތްކުރައްވާ ބޭފުޅުން އަންނަނީ އެކަމުގެ ކަންބޮޑުވުންތައްވެސް ފާޅުކުރަމުންނެވެ. ސިވިލް ސާވަންޓުންގެ އިހުތިޖާޖާއެކު ޕޭ ކޮމިޝަނުން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ އަންނަ އަހަރުގެ ތެރޭގައި ސަރުކާރުގެ މުވައްޒަފުންގެ މެދުގައި ހުރި މުސާރާގެ ފަރަގުތައް ނައްތާލެވިގެންދާނެކަމަށެވެ. އަދި ދައުލަތުގެ ހުރިހާ ފަންނުތަކެއް ހިމެނޭގޮތަށް އެ ކޮމިޝަނުން އެކުލަވާލާ އެއްހަމަ ޕޭ ފްރޭމްވަރކްގެ މަސައްކަތް މިހާރު އޮތީ އެންމެ ފަހުގެ މަރުހަލާގައި ކަމަށާއި އެމަސައްކަތް މިއަހަރުގެ ތެރޭ ނިމޭނެކަމަށް ޕޭ ކޮމިޝަނުގެ ބަޔާނުގައިވެއެވެ.

ވަރަށް ގަދަ
17%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: