ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ ވަހީދުގެ ޕްރެސްއެއް: ސަރުކާރު ކޮމްޕްރޮމައިޒް ވެދާނެ ވާހަކަތަކެއް!

ޖިންސީ ގޯނާގެ ހަތް ދައުވާއެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މިރޭ 9 ޖަހާއިރު ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ނޫސްވެރިންނާ ބައްދަލު ކުރަން ނިންމައިފިއެވެ.

އަލީ ވަހީދު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިރޭ 9 ޖަހާއިރު ނޫސްވެރިންނާ ބައްދަލު ކުރަން ނިންމާފައިވާ ކަމަށާއި، ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ފްރޭމް ކުރި ގޮތާއި ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ނިންމި ނިންމުމާއި، އެމްއެމްޕީއާރުސީ ހިޔާނާތާއި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމާ އޮތް ކަމަށް ބުނާ ގުޅުން އަދި އުތުރު ތިލަފަޅުގައި ކޯސްޓްގާޑުގެ ޑޮކްޔާޑެއް ހަދަން އިންޑިއާ އާއެކު ހެދި އެއްބަސްވުމުގެ މައުލޫމާތު ހާމަކުރާނެ ކަމަށެވެ.

އަލީ ވަހީދުގެ މައްޗަށް ޖިންސީ ކުށުގެ ދައުވާތަކެއް އުފުލާފައިވަނިކޮށް، ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ހުއްދަ ދިން ގޮތަށް އޭނާ ވަނީ ފިލާފައެވެ.

ނަމަވެސް ދާދި ފަހުން އޭނާ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން އުޅުއްވަނިކޮށް އެ ތަނަށް އިނގިރޭސި ފުލުހުން ގޮސް ވިސާ މައްސަލައެއްގައި އޭނާ ވަނީ ހައްޔަރު ކޮށްފައެވެ.

ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ހާޒިރުނުވުމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމާ 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއްވެސް ވަނީ އިއްވާފައެވެ. އަދި އެ ޖަލު ހުކުމް ތަންފީޒު އިންޓަޕޯލްގެ އެހީ ހޯދާނެކަން ދިވެހި ފުލުހުން ހާމަކޮށްފައިވެއެވެ.

ރާއްޖެއިން ބޭރުގައި ހުންނަވައިގެން އަލީ ވަހީދު ގެންދަވަނީ ޕީޖީ ޝަމީމަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށް ޓްވީޓުތައް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 57%ބޮޑު ޖޯކެއް 14%ހައިރާންވެއްޖެ 0%ވަރަށް ދެރަ 29%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: