ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާތަނަށް ތަހުގީގީ އެއްވެސް އިދާރާއަކުން ސުވާލެއްކޮށްފައެއް ނުވޭ: އަލީ ވަހީދު

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިންސީ ގޯނާގެ ތުހުމަތުތަކާއި ގުޅިގެން ފުލުހުން ހިންގި ތަހުގީގުގައި އެ މައްސަލައާ ގުޅިގެން އެއްވެސް ސުވާލެއް ކޮށްފައިނުވާ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިރޭ ވިދާޅުވެއްޖެ އެވެ.

މިރޭ އޮންލައިންކޮށް ކުރިއަށްގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ އޭނާގެ މައްޗަށް އުފުލި ދައުވާއާ ގުޅިގެން އޭނާއާ އެއްވެސް ސުވާލެއް ކޮށްފައިނުވާ ކަމަށެވެ. އެގޮތުން ފުލުހުން ހިންގި ތަހުގީގަށް އޭނާ ފެބްރުއަރީ މަހުގައި ވަޑައިގެންނެވި ކަމަށާއި، އެ ތަހުގީގުގައިވެސް އެ ތުހުމަތުތަކާ ގުޅިގެން ސުވާލުކޮށްފައިނުވާކަން އޭނާގެ ވަކީލުންނަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށްވެސް އަލީ ވަޙީދު ވިދާޅުވިއެވެ.

“އަޅުގަނޑު ދެކޭ ގޮތުގައި މިއީ ބަޔަކު ރާވައިގެން ހިންގާ ޖަރީމާއެއް އަޅުގަނޑާ ދެކޮޅަށް. އަޅުގަނޑު އެދެނީ ވީހާވެސް އަވަހަކަށް އަޅުގަނޑަށް އިންސާފު ލިބިގެން ދިއުން. އިރާދަފުޅުން އަޅުގަނޑުގެ ކުށެއް ނެތްކަން ސާބިތު ވެގެން ވެސް ދާނެ.” އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ އޭނާގެ މައްސަލާގައި 15 މީހުންނަށް ޖިންސީ ގޯނާކުރި ކަމަށާއި، 15 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށް ބުނިއިރު، އެއީ ކޮން ޖިންސެއްގެ ފަނަރަ މީހުން ކަމެއްކަންވެސް ހާމަކޮށްފައިނުވާ ކަމަށެވެ. އަދި އަލީ ވަޙީދުގެ މައްޗަށް ކުރި ދައުވާއަކީ ކޮބައިކަންވެސް އެނގިވަޑައިގަތީ ނޫސްތަކުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: