ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައިބާ ހަމަލާތަކުން ދިފާއުކޮށްދޭ ސޮފްޓްވެއާއެއް ދިރާގުން ތައާރަފްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ވިޔަފާރިތަކުން ބޭނުން ކުރާ އިންޓަނެޓް ނެޓްވޯކުތައް، އެކި ބާވަތުގެ ސައިބާ ހަމަލާތަކުން ދިފާއުކޮށްދޭނެ ސޮފްޓްވެއާއެއް ދިރާގުން ތައާރަފްކޮށްފިއެވެ.

ދިރާގުން ތައާރަފުކުރި ކްލައުޑް ޔުނިފައިޑް ތުރެޓް މެނޭޖްމެންޓް (ޔޫޓީއެމް) އަކީ ބިޒް ފައިބާ ބްރޯޑްބޭންޑް ބޭނުން ކުރާ ކަސްޓަމަރުންނަށް އިތުރު ރައްކާތެރިކަން ފޯރުކޮށްދޭ ސޮފްޓް ވެއާއެކެވެ. އެހެން ގޮތަކަށް ބުނާނަމަ ތިމާގެ ވިޔަފާރިއާއި ވިޔަފާރީގެ މުހިންމު މާއުލޫމާތުތަކަށް ރައްކާތެރިކަން ގެނެސްދޭ ސޮފްޓް ވެއާ އެކެވެ.

ދިރާގުން ބުނި ވިޔަފާރި ނެޓްވޯކުތަކަށް ކުރިމަތިވާ ތަފާތު ސައިބާ ހަމަލާތަކުން ދިފާއުވެ، އަމިއްލަ މައުލޫމާތު ރައްކާތެރި ކުރުމަށްޓަކައި އާއްމު ގޮތެއްގައި އެކި ސޮފްޓްވެއާތައް ޑައުންލޯޑުކޮށްގެން ބޭނުން ކުރަން ޖެހޭކަށެވެ. ނަމަވެސް ކްލައުޑް ޔޫޓީއެމް ބޭނުން ކުރުމުން އެއް ސޮފްޓްވެއާއަކުން، ހުރިހާ ބާވަތެއްގެ ސައިބާ ހަމަލާތަކުންވެސް ދިފާއުވެވޭނެއެވެ.

“ޔުނިފައިޑް ތުރެޓް މެނޭޖްމެންޓް ސޮލިއުޝަން އެޅުމުން އެއް ސޮފްޓްވެއާއަކުން އެކި ކަހަލަ މިކްސްޑް ސައިބާ ހަމަލާތަކުން ނެޓްވޯކް ރައްކާތެރި ކޮށްދޭނެ،” ދިރާގުން ބުނެ އެވެ.

އެގޮތުން ކްލައުޑް ޔޫޓީއެމް އެޅުމުން، ވިޔަފާރީގެ ނެޓްވޯކް ބަލަހައްޓާ ފަރާތަކަށް، އެހެން މީހުން އެ ނެޓްވޯކް ބޭނުން ކުރާ ގޮތް ކޮންމެ ވަގުތަކުވެސް މޮނިޓާ ކުރެވޭނެއެވެ. އަދި އެ ނެޓްވޯކް ބޭނުން ކުރެވޭނެ މީހުންގެ އަދަދާއި އިންޓަނެޓު ބޭންޑްވިތުވެސް ކޮންޓްރޯލް ކުރެވެން ހުންނާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: