ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހު އދ. ގައި ތަގުރީރު ކުރެއްވުން މިރޭ!

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އދ. އާއްމު މަޖިލީހުގައި މިރޭ ތަގުރީރު ކުރައްވާނީ ތިންވަނައަށް ކަމަށް އެ މަޖިލީހުގެ ޝެޑިއުލްގައި ބުނެފިއެވެ.

އދ. ގެ އާއްމު މަޖިލީހުގައި ގައުމުގެ ވެރިން ތަގުރީރު ކުރެއްވުމަށް ބާއްވާ ހާއްސަ ބަދަލުވުމުގައި، ކޮންމެ ގައުމެއްގެ ވެސް ހާރިޖީ ދާއިރާގެ އެންމެ ބޮޑު ހަރަކާތެވެ. އދ. ގެ އާއްމު މަޖިލީހުގައި ގައުމުތަކުގެ ލީޑަރުން މިއަދު ތަގުރީރު ކުރައްވާއިރު، ރައީސް ސޯލިހު ވެސް އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަ އެވެ.

އާއްމުކޮށްފައިވާ ލިސްޓުގައ ވާ ގޮތުން ޖަލްސާގައި އެންމެ ފުރަތަމަ ތަގުރީރު ކުރައްވާނީ، ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯ އެވެ. އެއަށް ފަހު ދެން ތަގުރީރު ކުރައްވާނީ ދުނިޔޭގެ އެންމެ ވަރުގަދަ އެމެރިކާގެ ރައީސް ޖޯ ބައިޑެން އެވެ. އޭގެ ފަހުން ތަގުރީރު ކުރައްވާނީ ރައީސް ސޯލިހެވެ.

ރާއްޖެ ގަޑިން އިރުއޮއްސި 18:00 ގައި ޖަލްސާ ފެށުމަށް ހަމަޖެހިފައިވާއިރު، ރައީސް ވާހަކަ ދައްކަވާނެކަމަށް ބެލެވެނީ 18:45 އާއި 17:00 އާއި ދެމެދު އެވެ.

ރައީސް ސޯލިހު ތަގުރީރު ކުރައްވަން ހަމަޖެހިފައި ވަނީ ދިވެހި ބަހުންނެވެ. އދ. ގެ ހުރިހާ ބައްދަލުވުމެއްގައި ވެސް ވާހަކަދައްކަވާ ބޭފުޅަކު ބޭނުން ބަހަކުން ވާހަކަ ދެއްކުމުގެ އިހުތިޔާރު ލިބިގެން ވެއެވެ. އެބޭފުޅަކު ދައްކަވާ ވާހަކަފުޅެއް ވަގުތުން ވަގުތަށް ތަރުޖަމާ ކުރެވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: