ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާޒީ އަލީ ނަސީރު، މެޖިސްޓްރޭޓް އަކަށް ޑިމޯޓްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސިވިލް ކޯޓްގެ ގާޒީ އަލީ ނަސީރުގެ ސުލޫކީ މައްސަލަ ބަލާ އޭނާއަށް ފިޔަވަޅު އަޅަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭސްއެސްސީން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސިވިލް ކޯޓުގެ ގަޒިއްޔާއެއްގައި ހިމެނޭ ޚަސްމުން އެ ދެ ގަޒިއްޔާ ނިންމުމަށް އެދެމުން ދަނިކޮށް، އަހަރު ދުވަސްވެފައިވާ ގަޒިއްޔާއެއް ގާޒީގެ ސެކްޝަނުގައި ނުބޭއްވުމުގެ މަގްސަދުގައި މައްސަލައިގެ ޚަސްމުން އެދިފައިނުވާ ގޮތަކަށް ހުކުމްކޮށް އެ މައްސަލަ ކޯޓުން ބޭރު ކޮށްލައިފައިވާ ކަމަށެވެ.

އެ ކަމަކީ އަދުލުއިންސާފު ގާއިމުކުރުމުގެ އަސާސީ އުސޫލުތަކާ ހިލާފު އަދި ފަނޑިޔާރުގޭގެ މުގައްދަސް ކަމާއި އިތުބާރަށް އެކަމުގެ ސަބަބުން އަސަރުކޮށް ނާޖާއިޒުގޮތުގައި ކޯޓުގެ ނިންމުންތައް ބޭނުންހިފުމުގެ ފުރުސަތު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ހުޅުވިގެން ދާފަދަ ކަމެއް ކަމުގައި ވެސް އެ ބަޔާނުގައިވެއެވެ.

އެހެން ކަމުން ގާޒީ އަލީ ނަސީރުގެ މި އަމަލަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފު އަމަލެއް ކަމަށް ވަނީ ބުނެފައެވެ. ޖޭއެސްސީން ވަނީ އަލީ ނަސީރަށް އަޅާ ފިޔަވަޅެއްގެ ގޮތުން އޭނާ ހުރި މަގާމަށްވުރެ ދަރަޖަ ދަށްކުރުމުގެ ގޮތުން މެޖިސްޓްރޭޓް ކަމުގެ މަގާމަށް ބަދަލުކުރުމަށް ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: