ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީނީ މިނިވަންކަމަށް ޖާބިރު ގޮވާލި މައްސަލަ މަޖިލީހުން ބަލަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު މިއަދުގެ ޖަލްސާގައި ދެއްކި ވާހަކަތައް މަޖިލީހުގެ އިދާރާއިން ބަލަން ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހެއްކާބެހޭ ބިލަށް ވާހަކަ ދައްކަވަމުން ޖާބިރު އެންމެފުރަތަމަ ވަނީ ހޮނޑައިދޫން އޭނާ ހައްޔަރުކޮށް ޖަލުހުކުމް އިއްވުމުގައި ކަންހިނގާދިޔަ ގޮތާ ގުޅޭގޮތުން ވާހަކަ ދައްކާފައެވެ. އެގޮތުން އޭނާއާ ދެކޮޅަށް ބޭނުންކުރި ހެކި ސިއްރުކުރި ކަމަށް ވިދާޅުވިއެވެ.

އެއާއެކު ޖާބިރު ވަނީ ރާއްޖޭގައި އެހެންދީންތަކަށް ފުރުސަތު ދޭންޖެހޭ ކަމަށް ދޭހަވާފަދަ މޭރުމަކުން ވާހަކަ ދައްކާފައެވެ. އެގޮތުން ޖާބިރު ވަނީ ރާއްޖޭގައި އެހެން ދީންތަކުގެ މީހުންނަށްވެސް އަޅުކަން ކުރެވެންޖެހޭކަމަށާއި، ރާއްޖޭގައި “ޔުނިވާސަލް ޕްރެކްޓިސްއެއް” އޮންނަން ޖެހޭ ކަމަށް ދޭހަވާފަދަ މޭރުމަކުން ވާހަކަ ދައްކާފައެވެ.

މިކަމާ ގުޅިގެން މަޖިލީހުގެ މީޑިއާ ޑައިރެކްޓަރު ހަސަން ޒިއާއު ވިދާޅުވީ، އެ މައްސަލަ މަޖިލިސް އިދާރާއިން ބަލަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: