ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓުގެ ކުލި ކުޑަކޮށްދޭން އެދި ތިން ވަނަ ފަހަރަށް ރައީސް އޮފީހަށް

ރައީސް ސޯލިހު، މޭޔަރު މުއިއްޒުއާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގެތެރެއިން---ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ މަޝްރޫޢުގެ ފްލެޓްތަކަށް މަހަކު ދައްކަންޖެހޭ އަދަދު 5600 ރުފިޔާއަށް އަށްވުރެ ކުޑަކޮށްދެއްވުމަށް އެދި ތިން ވަނަ ފަހަރަށް ރައީސް އޮފީހަށް ހުށަހަޅާފައިވާ ކަމަށް މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހިޔާ މަޝްރޫޢުގެ ފްލެޓްތަކަށް މަހަކު ދައްކަންޖެހޭ ޢަދަދު 5600 ރުފިޔާއަށް އަށްވުރެ ކުޑަކޮށްދެއްވުމަށް އެދި ތިން ވަނަ ފަހަރަށް ރައީސް އޮފީހަށް ނިމިދިޔަ ހަފްތާގައި ސިޓީ ފޮނުވާފައިވާނެކަމަށެވެ. އަދި ފިނިޝިންގ މަސައްކަތަށް މަދުވެގެން 9 މަސްދުވަސް ދެއްވުމަށް ތަކުރާރުކޮށް އެ ސިޓީގައި އެދިފައިވާނެކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

ހިޔާ ފެލެޓް މަހުކުލީގެ ގޮތުގައި 7500 ރުފިޔާ އަދި މެއިންޓަނެސް ފީގެ ގޮތުގައިނަގާ 1000 ރުފިޔާ ހިމެނޭހެން ޖުމްލަ 8500 ރުފިޔާ ނެގުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ. ހިޔާ ފްލެޓްތަކުގެ ކުލީގެ ގޮތުގައި ނެގުމަށް ނިންމި ފީ ބޮޑުކަމަށް ބުނެ ފްލެޓް ލިބު ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެކަމާއި ގުޅިގެން މުޒާހަރާވެސް ކޮށްފައިވެއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ދޫކޮށްފައިވާ ފްލެޓްތަކުގެ ގްރޭސް ޕީރިއަޑް އިއްޔެ އިން ފެށިގެން ވަނީ ގުނަން ފަށައިފައެވެ. އެއާއެކު، މި ފްލެޓުތަކުގައި ކުލި ނުދައްކާ ދެން އުޅެވޭނީ ތިން މަސް ދުވަހަށެވެ. އަންނަ ޖެނުއަރީ މަހުން ފެށިގެން ހިޔާ ފްލެޓުތަކަށް ކުލި ދައްކަން ޖެހޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: